ކެފޭއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި 3 މީހަކު ހައްޔަރުކޮށްފި

މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ފަހު ފިލަން މަސައްކަތް ކުރި 3 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިރޭ 00 ހާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭއެއްގައި ހަމަނުޖެހުން ހިންގުމަށް ފަހު ފިލަން މަސައްކަތް ކުރި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފިލަން ދިޔަ މީހުންގެ ތެރެއިން އެކަކު ފުލުހުންނަށް ހަމަލާ ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެއީ އުމުރުން 28 އަހަރުގެ މީހެކެވެ.
މި މައްސަލައާ ގުޅިގެން ދެން ހައްޔަރު ކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ޙހހ