ލޯބިވެރިޔާއަށް ހަދިޔާ ކުރުމަށްޓަކައި ޖަމަލެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި
ލޯބިވެރިޔާގެ އުފަންދުވަހުގެ ހަދިޔާއަކަށް ދިނުމަށްޓަކައި އަލަށް އުފަންވި އަގުބޮޑު ޅަ ޖަމަލެއް ވަގަށް ނެގި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މީހަކު އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެެ.
މި ޖަމަލުގެ ވެރި ފަރާތުން ޖަމަލު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިމަހު ކުރީ ކޮޅުގައެވެ. އަދި ފުލުހުން ވަނީ މި މައްސަލަ އިތުރަށް ބަލާ އޭގެ ދުވަސްތަކެއް ފަހުން ޖަމަލު ހޯދާފައެވެ. މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހާ ވަނީ އޭނާގެ ލޯބިވެރިޔާގެ އުފަން ދުވަހުގެ ހަދިޔާއަކަށް ދިނުމަށް ޖަމަލު ވަގަށް ނެގި ކަމަށް އެއްބަސް ވެސް ވެފައެވެެ.
ފުުލުހުން ވަނީ މި ޖަމަލު ހައްޔަރު އޭގެ ވެރިފަރާތާ ހަވާލުކޮށް، ޖަމަލު ވަގަށް ނެގި ފަރާތާއި އޭނާގެ ލޯބިވެރިޔާ ވެސް ހައްޔަރު ކޮށްފައެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް އަކީ ޖަމަލު ތިޔާގި ގައުމެކެވެ. ބައެއް ފަރާތްތަކުން ކިރު ހޯދުމަށާއި ކާނާ ހޯދުމަށް ޖަމަލު ގެންގުޅެއެވެ. އަދި ޖަމަލުގެ ބައެއް ވައްތަރުތައް އެގައުމުގައި ވަރަށް އަގު ބޮޑުކޮށް ވިއްކައެވެ.