ވެރިކަމަށް ދެ އަހަރާ ބައި ވަނީ، ކީއްވާނީ އެންމެ ފްލެޓެއް އަލަށް އަޅާލިއްޔާ: ޝުޖާޢު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމަށް މިހާރު ދެ އަހަރާ ބައި ވާއިރު، ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ދަށުން މިވެރިކަމުގައި އަދި އަލަށް ފްލެޓެއް ނޭޅޭތީ އިދިކޮޅު ޕީއެންސީ ގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ފާޑު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ވެރިކަމުގައި "ހިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރެއްވި ފްލެޓުތަކުން، ތިން ކެޓަގަރީއެއްގެ ފްލެޓުތައް ބާތިލުކޮށް ފްލެޓު ނުދިނުމަށް ސަރުކާރުން އިއްޔެ ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން ރައީސް ޞާލިޙް ޓެގް ކުރައްވާ، ޝުޖާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވެރިކަމުގެ ބޯހިޔާވަހިކަމަށް އޮތް ވަޢުދު ވަނީ ފުއްދާފަ ކަމަށާއި އެއީ ރައީސް ޔާމީންގެ "ހިޔާ" ފްލެޓުތައް ކަމަށެވެ.
"މިވެރިކަމުގެ ބޯހިޔާވަހިކަމަށް އޮތް ވަޢުދު ވަނީ ފުއްދާފަ.އެއީ ރައީސް ޔާމީންގެ 'ހިޔާ' ފުލެޓްތައް. ވެރިކަމަށް 2 އަހަރާ ބައިވަނީ. އަޅެ ކީއްވާނީ އެންމެ ފުލެޓެއް އަލަށް އަޅާލިއްޔާ! ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ. ރައީސް ޞާލިޙަކީ ނާގާބިލު ވެރިއެއް ކަން ދިވެހި ކުދި ބޮޑު އެންމެން ދަނޭ" ޝުޖާޢު ވިދާޅުވިއެވެ.
ފްލެޓް ނުދިނުމަށް ކަނޑައަޅާފައި ވަނީ އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީ ތަކުންނެވެ. އެ ކެޓަގަރީތަކުން ފްލެޓަށް އެދި ހުށައަޅާފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވެއެވެ.
މިސަރުކާރުން ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ކެޓެެގަރީތަަކަކީ:
▪︎ އެޗް11: އަށާރަ އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)
▪︎ އެޗް13: މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)
▪︎ އެޗް15: އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި)
ރައްރަށުގަ ގޯތި ދެނީ ޝަރުތު ހަމަވާ ކޮއްމެ ސަތޭކައަކުން ދޭއް ނުވަތަ ތިން މީހުނަށް. މުޅިރާއްޖޭގެ %79 މީހުން ތިބީ އަމިއްލަ ބޯހިޔާވަހިކަމެށް ނުލިބި. ދޭންވީ ގޯތި، ބިން. އަހަރުން އަމިއްލަޔަށް އަހަރުންގެ ގެންވަރުން ގެ ނޫނީ ޖިފުޑި އަޅައިގެނވިޔަސް އަމިއްލަ ވަންތަ ޖަޒީރާ ވަންތަ ދިރިއުޅުމުގެ ހައްގު ބޭނުނުން. ހެޔޮ ފުލެޓު ނޭޅިޔަސް. އެންމެނަށް ގޯތި ދީ. ރައްޔިތުން ޖަލުތަކައްލުން ހުއްޓާލާ.