ކޮވިޑް-19: އައްޑޫސިޓީ މީދޫން ނެގި ރޭންޑަމް ސާމްޕަލުން ދެ މީހަކު ފައްސިވެއްޖެ
އައްޑީސިޓީ މީދޫން ނެގި ރާންޑަމް ސާމްޕަލުން، ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މީދޫން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ ދެ ދިވެހިންނެވެ. އެ ދެ މީހުންނަކީ ވެސް އެއް ގެއެއްގައި ދިރިއުޅެމުންދިޔަ ދެ މީހުންކަން އެނގިފައިވެއެވެ.
ފައްސިވީ ދެ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އައްޑޫގައި މިހާރު ވެސް ކޮވިޑްގެ ދެ ކްލަސްޓާއެއް އުފެދިފައިވެއެވެ. އެ ދެ ކްލަސްޓާއިން 64 މީހަކު ފައްސިވެފައިވާއިރު، 200 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަ ކުރެވިފައި ވެއެވެ.
އައްޑޫސިޓީގައި ކޮވިޑް ފެތުރެމުން ދިޔުމާ ގުޅިގެން އެސިޓީން އަންނަނީ ރޭންޑަމް ސާމްޕަލް ނަގަމުންނެވެ.
Ads by HDC