އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެއިން ފުރާވަޑައިގެންފި
 
                                                    އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ފަތުރު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އެމަނިކުފާނު ވަނީ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
މިދަތުރުގައި ޖައިޝަންކަރް ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އޮންނަ ސެންޓްރަލް ޕާކުގައި އަލަށް ތަރައްގީ ކުރި ރެކްރިއޭޝަނަލް ޒޯނާއި އިންޓެރެކްޓިވް ޒޯން ހުޅުވާދެއްވާފައެވެ.
މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ދެގައުމުގެ މެދުގައި ވަނީ ސޮއި ކުރައްވާފައެވެ. އަދި މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއުތަކެއް އިފްތިތާހް ކުރެވިގެން ދިޔައެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނީ މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ. މިއީ އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
