އައިނު އަޅާ މީހުންނަށް ކޮވިޑް ޖެހުމުގެ ފުރުސަތު ތިން ގުނަ ކުޑަ

އައިނު އަޅާ މީހުންނަށް ކޮވިޑް 19 ޖެހުމުގެ ފުރުސަތު 3 ގުނަ ކުޑަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާ އިން ދައްކާ ގޮތުގައި އައިނު އަޅާ މީހުންނަށް ކޮވިޑް ޖެހުމުގެ ފުރުޞަތު ކުޑައީ އައިނު އަޅާ މީހުން ، ލޮލުގައި އަތް ލެވޭ ވަރު މަދު ވުމުންނެވެ.
މި ދިރާސާ އިން ދެއްކި ގޮތުގައި އައިނު އަޅާ މީހުން އުޅޭ އާބާދީއެއްގައި ކޮވިޑް ފެތުރޭ މިންވަރު އައިނު ނާޅާ މީހުން ދިރިއުޅޭ އާބާދީ އެއްގައި ފެތުރޭ މިންވަރަށް ވުރެ ތިން ގުނަ މަދު ވާނެއެވެ.
މީގެ އިތުރުން އިންސާނަކު އޭނާގެ މޫނުގައި ދުވާލަކު 23 ފަހަރު އަތްލާ ކަމަށާއި އަދި ލޮލުގައި ގަޑިއަކު 3 ފަހަރު އަތްލާ ކަމަށްވެސް ދިރާސާތަކުން ވަނީ ސާބިތުވެފައެވެ.
އައިނު އަޅައިގެން އުޅޭނަމަ ލޮލުގައި އަތްލުން ބޮޑުތަނުން މަދު ވެގެންދާނެ ކަން ވިސްނާލުމުން ވެސް އެނގެއެވެ. އަދި އަބަދު އައިނު އަޅައިގެން އުޅޭނަމަ ލޮލުގެ ޒަރިއްޔާއިން ކޮވިޑް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.