އިންޑިއާގެ އަސްކަރީ މަރުކަޒު އެޅުމަށް ޖާބިރު ތާއީދުކޮށްފި
ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒު އެޅުމަށް ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ އުތުރު ތިލަފަޅު ގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް ގާއިމްކުރަން ރާއްޖެއާ އިންޑިއާ ވެފައިވާ އެއްބަސްވުން އާއްމުކުރަން އިންޑިއާއާއެކު ވެވުނު އެއްބަސްވުން އާންމުކުރުމަށް ގޮވާލާ ނައިފަރު ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބުލީޑަރު އަޙްމަދު ޝިޔާމު މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
އެގޮތުން ޖާބިރު ވިދާޅުވީ މިފަދަ އެއްބަސްވުންތަކަކީ ޒަމާނުއްސުރެ ގާއިމްވަމުން އަންނަ އެއްބަސްވުންތަކެއް ކަމަށާއި ރާއްޖޭގެ އަސްކަރިއްޔާއިން ބޭނުންވާ ވަސީލަތްތައް އިންޑިއާ ސަރުކާރުން އަބަދުވެސް ކޮށްދެމުން އަންނަ ކަމަށެވެ.
"އިންޑިއާ އަސްކަރިއްޔާ އިން ބޭނުންވާ ނަަމަ މި ތަނުގައި ރަޖިސްޓްރީ ކޮށްގެން އިންޑިއާގެ މިލިޓަރީ ބޭހެއް އަޅަން އަޅުގަނޑު މި ހުރީ ހުއްދަ ދޭން، އަޅުގަނޑުގެ ދާއިރާގައި އެ ކަމުގެ މައްސަލައެއް ނެތް، އޭގެ މާނައަކީ ރާއްޖެއަށް ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާގެ އަތް އަބަދުވެސް ވަރަށް ރަނގަޅަށް އަޅުގަނޑުމެންގެ މައްޗަށް އޯގާތެރިކަމާއެކު މި އޮތީ،" ޖާބިރު ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަނީ ވަރަށް ކުޑަކުޑަ އަސްކަރިއްޔާއެއް ކަން ފާހަގަ ކުރައްވައި ޖާބިރު އިތުރަށް ވިދާޅުވީ އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ކޮންމެހެން ވެސް ބޭނުންވާ ކަމަށާއި އެކަން ހުރިހާ ދިވެހިން ވެސް ގަބޫލުކުރާނެ ކަމަށެވެ.
މިއީ ކޮންކަހަލަ ކައްޒާބެއްތޯއެވެ. ނަތީޖާއަށް ބެލުމެއް ނެތި ” ޔެސް ސަރ. ޔެސް ސާރ! 3 ބޭގް ފުލް” ނަތީޖާ ވަރަށް ހިތިވާނެ. ކެނެރީގޭ މޯޑަކީ ވެރިކަމަށް ޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މީހެއްކަން ފެހ މި ޕާރލިމެންޓް ކޮމެޑިއަން އަށް ނޭގެނީ ދެއްތޯ؟