Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ރިޕޯޓް

ނަރުހެއްގެ ގޮތުގައި 29 އަހަރު ޚިދުމަތް ކުރެއްވި ޝިޔާމާގެ ވަކިވުން: ޢާއިލާއިން އެދެނީ ހެޔޮ ދުޢާ ކޮށްދިނުމަށް

ނަރުހެއްގެ ގޮތުގައި 29 އަހަރު ޚިދުމަތް ކުރެއްވި ޝިޔާމާގެ ވަކިވުން: ޢާއިލާއިން އެދެނީ ހެޔޮ ދުޢާ ކޮށްދިނުމަށް

އައްޑޫސިޓީ ހިތަދުއަށް އުފަން ޝިޔާމާ ޢަލީ އަކީ ނަރުހެއްގެ ބުރަ މަސައްކަތް، ދިގު 29 އަހަރު ވަންދެން އަދާ ކުރެއްވި ހީވާގި ކަނބަލެކެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި 29 އަހަރު މެދުނުކެނޑި ނަރުހެއްގެ މަސައްކަތް ކުރި ޝިޔާމާ، ގާތްގަނޑަކަށް ދެ އަހަރު ދުވަސް ވަންދެން ކެންސަރުބަލި ތަޙައްމަލު ކުރަމުން ދިޔައެވެ. އޭނާ ނިޔާވީ އިންޑިއާގެ ކޮޗިންގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނެވެ.

ޝިޔާމާއާ ބެހޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން އޭނާގެ ކޮއްކޮއެއް ބުނީ ޝިޔާމާ އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2019 ވަނަ އަހަރު ކަމަށެވެ.

Advertisement
Allied — Dhen Online (box)

ދެ ކުދިންގެ މަންމައެއް ކަމުގައިވާ ޝިޔާމާގެ ހަށިގަނޑުގައި ނުރައްކާތެރި ބައްޔެއް ހުރިކަން އެނގުނު ނަމަވެސް އޭނާގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. އަދި އެބަލީގެ ސަބަބުން އޭނަަގެ ވަޒީފާ އަދާ ކުރުމަށް ވެސް ހުރަހެއް އެޅުނަކަ ނުދެއެވެ.

"އޭގެ ފަހުން ވެސް ވަޒީފާ އަށް ހަމަ ބަރާބަރަށް ނުކުތް. މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ޖެހެންދެން ނުކުތް. އޭގެ ފަހުން ބަލިހާލަތު އިތުރަށް ގޯސްވީ" އޭނާގެ ކޮއްކޮ ކިޔައިދިނެވެ.

ހިތަދޫގެ ގިނަ ބަޔަކު ފާހަގަ ކޮށްފައިވާ ގޮތުގައި ޝިޔާމާ އަކީ އެންމެންނާ ވެސް ވަރަށް ގުޅިގެން އުޅޭ، މީހުންނަށް ހެޔޮ އެދޭ ރަނގަޅު މީހެކެވެ. ވަޒީފާއަށް ބަރާބަރަށް ސަމާލުކަންދީގެން އުޅޭ، ކެތްތެރި، އަދި އެހާމެ ހީވާގި ކަނބަލެކެވެ. އެންމެންނަށް ވެސް ހުރި ލާމަސީލު ނަމޫނާ އެކެވެ.

ޝިޔާމާ ވަކިވުމުން އެތައް ބައެއްގެ ހިތްތަކަށް ހިތާމައާއި މާޔޫސްކަން ގެނުވައިފިއެވެ.

"އަޅުގަނޑުމެން އެދެނީ ދޮންތަގެ ފުރާނައަށް އެންމެން ވެސް ހެޔޮ ރަޙްމަތްލެއްވުން އެދި ދުޢާ ކޮށްދިނުން" ޝިޔާމާގެ ކޮއްކޮ ބުންޏެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް