ޚަބަރު

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވާން ވެކްސިން ދިން އަދަދު 80،000އަށްވުރެ މައްޗަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Vaccine
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު އަތޮޅުތެރެއިން 1,588 މީހުންނަށާއި، އަދި މާލެ ސަރަޙައްދުން 3,054 މީހުންނަށް ވެކްސިން ދީފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 5,085 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. އަދި މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 80,159 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 59,077 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 19,623 މީހަކަށް ވެކްސިން ދީފައި ވެއެވެ. އަދި ރިސޯޓުތަކުން މިއަދު 443 މީހުންނަށް ވެކްސިން ދީފައިވާއިރު، ޖުމްލަ 1،459 މީހުންނަށް އެތަންތަނުން ވެކްސިން ދީފައިވެއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 139 މީހުންނާއި، އަތޮޅުތެރެއިން 4 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 17 މީހަކާ ކަނޑު އުޅަނދުފަހަރުތަކުން އެކަކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،930 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 16،351 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން 60 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 162 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 497،071 ސާމްޕަލް ނަގައިފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!