ޚަބަރު

ކޮޅުފުށީގެ މޮނިޓަރިންގެ ހާލަތު އުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މ. ކޮޅުފުށި މޮނިޓަރިންގެ ހާލަތުން އިއްޔެ ނަގާފައިވާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

Ads by Sosun Fihaara

ކޮޅުފުށި މޮނީޓަރިން ހާލަތަށް ގެނެސްފައި ވަނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ މި މަހުގެ 19 ވަނަ ދުވަހު މާލެ ދިޔަ މީހެކެވެ.

އެރަށުން މާލެ ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ މިއަދު މެންދުރު ފަހުއެވެ.

ކޮޅުފުށިން ފައްސި ވެފައިވަނީ އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެ އަންހެން މީހާއަކީ މާލެ އިން އެރަށަށް ގޮސް ކަރަންޓީން ވުމަށް ފަހު، ޓެސްޓު ނަތީޖާ ނައްސިވެގެން ރަށުގައި 20 ވަރަކަށް ދުވަހު ވަންދެން އުޅެފައި އެނބުރި މާލެ ދިޔަ މީހެކެވެ.

އެރަށް މިމަހު 11 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތުން ނެގީ ރަށުން ނެގުނު 140 ވަރަކަށް ރޭމްޑަމް ސާމްޕަލް ނެގެޓިވްވުމާ ގުޅިގެންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 139 މީހުންނާއި، އަތޮޅުތެރެއިން 4 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 17 މީހަކާ ކަނޑު އުޅަނދުފަހަރުތަކުން އެކަކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،930 މީހުން ފައްސި ވެފައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!