މި ފޮޓޯއަށް ވިސްނައިގެން ބަލައިފިނަމަ ތަފާތު ކަމެއް ފެންނާނެ!

ބައެއްފަހަރު އިންސާނާގެ ލޮލަށް ފެންނަ މަންޒަރު ސިކުނޑިއަށް ނަގައި ގަނެވޭ ގޮތް ވަރަށް ތަފާތެވެ. އަދި އެއްފަހަރު ފެންނަ ގޮތަށް އަނެއްފަހަރު މަންޒަރު ނުފެނިވެސް ދެއެވެ. ދާދިފަހުން ޓްވިޓާގައި އާންމުވި ފޮޓޯއަކުން މިކަން ވަރަށް ރަނގަޅަށް ވެސް ސާބިތުކޮށް ދެއެވެ. ބައެއް މީހުންނަށް މި ފޮޓޯއިން ފެންނަނީ ސްނޯގެ ތެރެއިން ފިރިހެނަކު ހިނގާފައި ދާ ތަނެވެ. ނަމަވެސް އަނެއްބައި މީހުންނަށް ފެންނަނީ ސްނޯގެ ތެރެއިން ދުވެފައި އަންނަ ކުއްތާ އެކެވެ.
ޚުދު އަޅުގަނޑަށްވެސް ފުރަތަމަ ފޮޓޯ އަށް ބަލާލުމުން ފެނިގެންދިޔައީ ފިރިހެނެއް ހިނގާފައި ދާ ތަނެވެ. ނަމަވެސް ދެވަނަ ފަހަރަށް ބެލުމުން ސިފަވެގެން ދިޔައީ ކުއްތާ އެކެވެ.
މިގޮތަށް ދިމާވަނީ ސިކުނޑި އަށް މަންޒަރު ސިފަވާގޮތް އަވަސްވުމުންނެވެ. ފޮޓޯ އެންމެ ފުރަތަމަ ފެންނަ އިރު ފިރިހެނެއްގެ ބައްޓަމަށް ފެންނާތީ އެގޮތަށް ސިކުނޑި އަށް ނަގައި ގަނެވޭނީ އެވެ.
އެހެންނަމަވެސް ފޮޓޯ އަށް ރަނގަޅަށް ބަލައިލުމުން ފެންނަ މަންޒަރު ރަނގަޅަށް ސިފަވާނެ އެވެ.