ލުއި ޚަބަރު

ވަޒީފާއަށް ނުދާން ވެގެން ކިޑްނެޕް ކުރީ ކަމަށް ބުނެ ދޮގު ހަދައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ އުމުރުން 19 އަހަރުގެ މީހަކު ވަޒީފާއަށް ނުދާން ވެގެން ބަޔަކު އޭނާ "ކިޑްނެޕް" ކުރީ ކަމަށް ބުނެ ދޮގު ހަދައިފިއެވެ.

Ads by Sosun Fihaara

ބްރެންޑަން ސޮއުލް ނަމަކަށް ކިޔާ މި ޒުވާނާ މިހާރު ވަނީ ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އޭނާ ވަނީ ވަޒީފާ އަށް ނުދާން ވެގެން ދޮގު މައުލޫމާތު ދިން ކަމަށް އެއްބަސްވެފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން ސޮއުލް ފެނިފައި ވަނީ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހު އަތް ބަނދެފައި އޮއްވައެވެ. އަދި އޭނާގެ އަނގަޔަށް ފޮތި ގަނޑެއް ލައްވާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން ސޮއުލް ސަލާމަތް ކުރުމަށް ފަހު ތަހުގީޤަށް ސުވާލު ކުރުމުން އޭނާ ވަނީ އެއީ ދެ ފިރިހެނުން އޭނާ އަށް ކުރި ކަމެއް ކަމުގައި ބުނެވެއެވެ. އަދި ފަހުން އޭނާ ހޭނެތުނީ ކަމަށް ވެސް ސޮއުލް ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

އެހެން ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކުރި މަސައްކަތުން މިއީ ސޮއުލް އަމިއްލައަށް ކުރި ކަމެއްކަން ވަނީ ހާމަވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!