ސަރުކާރު ތެރޭގައި އޮތީ ޖިންސީ ފުރައްސާރަކުރާ މީހުން ހިމާޔަތްކުރުމާއި ކޮރަޕްޝަން: ޝިޔާމް

މިސަރުކާރުގެ ތެރޭގައި އޮތީ ދީނަށް ފުރައްސާރަ ކުރުމާއި، ޖިންސީ ފުރައްސާރަ ކުރާ މީހުން ހިމާޔަތް ކުރުމާއި، ކޮރަޕްޝަންކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ދޭ ޖަވާބު އިއްވަވަމުން އިދިކޮޅު ކޯލިޝަނުގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަޙްމަދު ސަލީމް ދެއްވި ރައްދަކީ ތަފްސީލީ ރައްދެއް ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ރިޔާސީ ބަޔާނަށް ރައްދުދެއްވަވަމުން، ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތާއި އަދި އެ ޤައުމެއްގެ ޚާރިޖީ ސިޔާސަތާ ގުޅި ލާމެހިފައިވާކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތީ ބާރުތައް އެއް ދުވަހުން އަނެއް ދުވަހަށް ގެއްލެމުންދާ ކަމަށެވެ. އަދި ސިޔާދަތީ ބާރުތައް އެއްކޮށް ގެއްލިއްޖެނަމަ، ދިވެހިރާއްޖެ އަޅުވެތި ވެދާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ތިޔާހަމަ ތެދު