އައްޑޫ ސިޓީ ހުޅުމީދޫން އިތުރު ދެމީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

އައްޑޫ ސިޓީ ހުޅުމީދޫން އިތުރު ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ "ދެން" އަށް މައުލޫމާތު ދިން ގޮތުގައި ހުޅުމީދޫން ފައްސިވެފައި ވަނީ މީދޫއަށް ނިސްބަތްވާ ދެމީހެކެވެ. މި ދެމީހުންނަކީ ވެސް ބަލިވެގެން އެރަށު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ ދެމީހުން ކަމަށް ވެސް ޝުކުރީ ބުންޏެވެ.
މީގެ އިތުރުން މިރަށުން ފެނުނު ކޮވިޑް-19 ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި، ފައްސިވެފައިވާ ދެމީހުން ވެސް އައިސޮލޭޝަން އަށް ފޮނުވާލެވިފައިވާނެ ކަމުގައި ޝުކުރީ "ދެން" އާ ހިއްސާ ކުރިއެވެ.