ރޭގަނޑު 8 އިން ފެށިގެން ރެސްޓޯރެންޓުތައް ބަންދުކުރަނި

މާލެ ސިޓީގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރޭގަނޑު އަށަކުން ފެށިގެން ކެފޭ ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާ ކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އަންނަ ހޮނިހިރުން ދުވަހުން ފެށިގެން މާލޭ ސިޓީގެ ކެފޭ ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދެވޭނީ ރޭގަނޑު 8 ޖެހުމާ ހަމައަށް ކަމަށެވެ.
އަދި ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް 09:00 އިން 10:30 އަށް ދެވޭނެ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ބަޔަކު ކެފޭ، ރެސްޓޯރަންޓުތަކަށް ގޮސް މާސްކް ނާޅައި ގިނަ ވަގުތު ވާހަކަ ދައްކަން ތިބޭކަން ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު އިތުރަށް ވިދާޅުވީ މިކަމާ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހައި ރިސްކު އެކްޓިވިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.