ލުއި ޚަބަރު

ޒޫމް ކޯލެއްގައި މީހެއްގެ ތަޖުރިބާ "މިއީ އަހަރެން، ބުޅަލެއް ނޫން"

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޓެކްސަސްގެ ކޯޓެއްގައި ބޭއްވި އޮންލައިން ޒޫމް ބައްދަލު ވުމެއްގައި ވަކީލެއްގެ ފިލްޓަރުގައި ބުޅަލެއް އިނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފިއެވެ.

Ads by Sosun Fihaara

އެގޮތުން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ބުނީ އެގޮތަށް ޒޫމް އިން ބައްދަލުވުން އޮންނަ ދުވަހެއް ނަމަ ބައްދަލުން ފެށުމުގެ ކުރިން ޒޫމްއަށް ވަދެ އޭގައި ލިބެން ހުންނަ ހުރިހާ ފިލްޓަރުތަކެއް އޭނާ ބަލާ ކަމުގައި އޭނާ ބުންޏެވެ. އެގޮތުން ބުޅަލެއްގެ ފިލްޓަރަށް އަޅުވައިގެން އިންދާ ބައްދަލުވުން ކުއްލިއަކަށް ފެށުނީ ކަމަށާއި އަދި އެންމެން ކުއްލިއަކަށް އެ ބައްދަލުވުމަށް އައީ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން މި ބައްދަލުވުމަށް އެހެން ފަރާތްތަކުން އައިސް ވަކީލު ކޮބައިތޯ ވަކީލުގެ ބަދަލުގައި ބައްދަލުވުމަށް މިއަދު އައިސް އިނީ ބުޅަލެއްތޯ ވަނީ ސުވާލުކޮށްފައެވެ. އަދި ބަދަލުގައި ވަކީލު ބުނެފައިވަނީ "އަހަރެން އަދި މަރެއްނުވެ، މިއީ އަހަރެން. ބުޅަލެއް ނޫން" މިފަދައިންނެވެ.

މި ވީޑިއޯކޮޅު ވަނީ ޓުވިޓާގައި ހިއްސާ ކުރެވި މަދު ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިގެން ގޮސްފައެވެ. އަދި ގިނަ ބައެއްގެ ކޮމެންޓުތައް އެ ވީޑިއޯއަށް ލިބިގެން ގޮސްފައިވާއިރު، އެތައް ބަޔަކު ވަނީ އެ ވީޑިއޯ ރިޕޯސްޓް ވެސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!