ޚަބަރު

ރައީސް ޔާމީނަށް ވާދަ ނުކުރެވިއްޖެ ނަމަ އިންތިޚާބުގައި ވާދަކުރަން ވަހީދު ތައްޔާރު 

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިއްޖެ ހާލަތެއްގައި، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރުމަށް ޝައުގުވެރިކަން ހުރިކަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ހާމަ ކުރައްވައިފިއެވެ.

Ads by Hajj Corporation

ޕީޕީއެމްގެ އެޑްވައިޒަރެއްގެ މަޤާމުގައި ހުންނެވި ޑރ. ވަހީދު ރޭ ދައުލަތުގެ މީޑިއާ، ދިވެހި ރާއްޖޭގެ އަޑުގެ "އަހާށޭ ބުނާން" ޕްރޮގްރާމްގައި، އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޕީޕީއެމްއިން ގަބޫލު ކުރަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައީސް ޔާމީން މިނިވަންވެވަޑައިގެން އިންތިޚާބުން ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއް ނަމަ ޕާޓީން ނިންމާނީ ގައުމަށް އަދި ޕާޓީއަށް ވެސް އެންމެ ރަނގަޅަށް. އެ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު އެ މަގާމަށް ކުރިމަތިލުން ކަމަށް ވާ ނަމަ އެއީ އެންމެ ރަނގަޅު ގޮތް" ރައީސް ވަހީދު ވިދާޅުވިއެވެ.

އިންތިޚާބު ކައިރިވެ ޔާމީނަށް ވާދަ ނުކުރެއްވިއްޖެ ނަމަ ބަދަލުގައި ރައްޔިތުންނަށް ދައްކާނީ ކޮން ބޭފުޅެއްތޯ ނިންމުމުގެ ބާރު އޮތީ ޕީޕީއެމް އަދި ޕީއެންސީ ކައުންސިލަށް ކަން ފާހަގަ ކުރައްވައި ވަހީދު އިތުރަށް ވިދާޅުވީ އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ޕާޓީގައި ޕްރައިމަރީއެއް ބާއްވަވާނެ ކަމަށެވެ.

ރައީސް ވަހީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ޕްރައިމަރީގައި ވާދަ ކުރައްވާނަންތޯ ނޫންތޯ ދަންނަވަން އަދި އަވަސް ކަމަށާއި ވެވުނު ގޮތަކަށް ގައުމަށް ޚިދުމަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

  1. ކަބުރުބޭ

    ތިދެން މީހަކަށް އޮޅިފަ އޮންނާނެ ކަމެއްނޫން. ތިކަމާ ފައިނަގަނީކީ މިހާރަކު އެކަނިޔެއްނޫން.