ޚަބަރު

އައްޑޫ ސިޓީގައި ބްރިޖް އެޅުމުގެ ޢަމަލީ މަސައްކަތް މަރޗްމަހު ފަށަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
އައްޑު ސިޓީ.. ފޮޓޯ/ވަގުތު އޮންލައިން

އައްޑޫ ސިޓީ މަގުތައް ހެދުމާއި އެސިޓީގެ ބްރިޖް ހެދުމުގެ ޢަމަލީ މަސައްކަތް މާޗްމަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޞާދިޤް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ އައްޑޫގައި ގުޅިފައިވާ ރަށްތަކުގެ ތެރޭގައި މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ސަރަޙައްދު ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ނިންމާފައި ވާކަމަށެވެ. އަދި މަގުތައް ހެދުމާއި އައްޑޫގެ ބްރިޖް ހެދުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންއާ ޙަވާލު ކޮށްފައިވާ ކަމަށާއި މި މަސައްކަތުގެ އަމަލީ މަސައްކަތް މާޗް މަހުގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން އައްޑޫގައި ހުރި ބޮޑެތި ހުރިހާ މަގުތަކެއް ހިމެނޭހެން 40 ކިލޯމީޓަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

ބްރިޖް ހެދުމަށްޓަކައި ބޭނުންވާ ސަރވޭއާއި ޕްލޭނިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު އައްޑޫގައި 4 ލޭން ހިމެނޭހެން 1.4 ކިލޯ މީޓަރުގެ ބްރިޖެއް އެޅުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

Ads by Allied Insurance
  1. އަލީ

    ހެޔޮނުވާނެ އިންތިހާބުގަ ވޯޓު ލަނީ ކޮން ތާރީހެއްގައި؟