ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
 
                                                        ހުޅުމާލޭ ގުދަނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލެ ވައިޓް ބީޗް ކައިރި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެންއެމްޑީއެފް ފަޔާރ އެންޑް ރެސްކިއު ޓީމް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 02:43 އެހާއިރު ކަމަށާއި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށާއި އެ ގުދަނުގެ ތެރޭގައި ހުރީ އިންޖީނަކާއި އޭގެ ސާމާނު ކަމަށެވެ.

ފޮޓޯ: އެންއެމްޑީއެފް
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.
 
 Ads by Allied Insurance
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
