Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ލުއި ޚަބަރު

މި ފޮޓޯއިން ނިކަން ހަރުފައެއް ހޯދަބަލަ!

މި ފޮޓޯއިން ނިކަން ހަރުފައެއް ހޯދަބަލަ!

ފޮޓޯއިން އެއްޗެހި ހޯދުމަކީ ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ކުރަމުން އަންނަ ކަމެކެވެ. ޚާއްސަ ކޮށް މި ދުވަސްވަރަކީ ބޭރުގައި އުޅުމަށް އެންމެ ރަނގަޅު ދުވަސްވަރަކަށް ނުވުމާއެކު ގޭގައި އޮވެލައިގެން ގިނަ ބަޔަކު މިފަދަ ފޮޓޯއިން ތަކެތި ހޯދުމުގެ ކުޅިވަރު ކުޅުމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. އަދި ގޭގައި މާގިނަ އިރުތަކެއް ވަންދެން އިނުމުގެ ސަބަބުން ފޫހި ފިލުވުމަށް ވެސް ގިނަ ބަޔަކު މި މަސައްކަތް ކޮށް އުޅެއެވެ.

އެގޮތުން މަތީގައި ވެސް އެވަނީ ހަމަ އެފަދަ ފޮޓޯގަނޑެކެވެ. ވަޑާންް ކުރުމަށް ތަކެތި ބަހައްޓާފައި ހުރި ގުދަނަކުން ހަރުފައެއްް ފެނިގެން ތަންކޮޅެއް ދުރުން ނަގައިފައިވާ ފޮޓޯ ގަނޑެކެވެ. އަދި މި ފޮޓޯއިން އެ ނުރައްކާތެރި ހަރުފަ ފެނިފައި ވަނީ މަދު ބަޔަކަށެވެ.

އެ ހަރުފައަކީ ޗޮކްލެޓް ކުލައިގެ ހަރުފައެކެވެ. އޭތި ވަނީ އެތަނުގައި ވާ ތަނބެއްގައި ވަރަށް ބޮޑަށް އޮޅައިލާފައެވެ. ޔަގީނުން ވެސް ވަރަށް ސަމާލުވެ އެކަމާ ވެގެން އެ ހަރުފަ ހޯދަން އުޅެފި މީހަކަށް އެ ހަރުފަ ފެނިދާނެއެވެ.

Advertisement
Allied Insurance — Square (box)

<img class="aligncenter wp-image-67635" src="https://cdn.dhen.mv/wp-content/uploads/2021/03/snake-hiding-in-garage-3-300x169.jpg" alt="" width="538" height="303" />

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް