ޚަބަރު

ވެކްސިން ޕްރޮގްރާމަށް އެހީވާން ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ރާއްޖެ އަންނަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެދިވަޑައިގަތުމަކަށް، ކޮވިޑް-19 ވެކްސިން ދިނުމުގެ ގައުމީ ޕްރޮގްރާމް،  "ދިފާއު"ގައި އެހީވުމަށް ބަންގްލަދޭޝްއިން ސިއްހީ އެހީތެރިންގެ ޓީމެއް މިއަދު ރާއްޖެ އަންނަން ހަމަޖެހިއްޖެއެވެ.

Ads by MWSC

ރައީސް އޮފީހުން ވިދާޅުވީ 23 މީހުންގެ މައްޗަށް އެކުލެވޭ މި ޓީމު މިއަދު މާލެ އަންނާނެ ކަމަށާއި ބަންގްލަދޭޝް އެއަރ ފޯސްގެ ޞިއްޚީ ޚިދުމަތްތެރިންގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިގެން ދިޔައީ ރައީސް ޞާލިހުގެ އެދިވަޑައިގަތުމަކާ ގުޅިގެން ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މި ކެމްޕޭނަށް އެހީތެރިކަން ހޯދުމަށް، ބަންގްލަދޭޝް ސަރުކާރަށް ދަޢުވަތު އަރުވާފައި ވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ދާދި ފަހުން އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.

އަދި އެ ދަތުރުފުޅުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވާ، މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އެ އޮފީހުން ވިދާޅުވިއެވެ. ބަންގްލަދޭޝް ސަރުކާރުން މިއަދު ރާއްޖެއަށް ފޮނުވާ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުގައި ހިމެނެނީ 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓެންޓްއިން، އަދި އެނެސްތިޒިއޮލޮޖިސްޓް އެވެ.

މި ޓީމުން ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުތަކާއެކު، މާލެ ސިޓީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ކުރިއަށް އޮތް ދެ މަސްދުވަހު ހަރަކާތްތެރި ވާނެއެވެ. އަދި މި ޓީމުގެ އެހީތެރިކަމާއެކު، ބަންގްލަދޭޝް މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ads by Allied Insurance
  1. ކަބުރުބޭ

    ފުރަތަމަ 14 ދުވަހު ކަރަންޓީނުގަ ދޯ.

  2. ކަނބުލޮ

    ތިވާނީ އިންޑިއާމީހުންނަށް ކައްކައި ކާންދޭން ގެނައި ބަޔަކަށް