ޚަބަރު

އަލީ އާޒިމަކީ ވަރަށް "ރޭސިސްޓު ބޭފުޅެއް": ޝިޔާމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް އަކީ ނަސްލީ ތަފާތު ކުރުންތައް ގެންގުޅޭ، ވަރަށް "ރޭސިސްޓު" ބޭފުޅެއް ކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލާ އިދިކޮޅުން ހުށަހެޅުއްވި ގަރާރަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ބަހުސް ކުރައްވަމުން ގެންދަވަނިކޮށް، ނިޒާމީ ނުކުތާ ނަންގަވައި ޝިޔާމް ވަނީ އާޒިމް އަކީ ވަރަށް ރޭސިސްޓު ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ފާހަގަކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ޑީއާރުޕީގައި އުޅުއްވި އިރު ކަންތައް ކުރެވިގޮތް އަދި ހަނދާން އެބަހުރި.. އެމްޑީޕީގައި އުޅުއްވިއިރު ކަންތައްތައް ކުރެއްވި ގޮތް އަދި ހަނދާނެއް ނެތް. ވަރަށް ރޭސިސްޓު ބޭފުޅެއް. މާފުކުރައްވާ އަޅުގަނޑަށް ވަގުތުކޮޅެއް ދެއްވާ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ނިޒާމީ ނުކުތާއާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވަނީ މަޖިލިސް މެންބަރުންނާ ވާހަކަދައްކަވާއިރު އެފަދަ އިބާރާތްތައް ބޭނުން ނުކުރުމަށް އެދިވަޑައިގެންފައެވެ.

ޝިޔާމްގެ ނިޒާމީ ނުކުތާއަށް ފަހު އަލީ އާޒިމް ވިދާޅުވީ ކެލާ ޝަރީފް އޭ ބުނުމުން އެއީ ކެލާ ދަށް ކޮށްލީ ކަމަށް އެބޭފުޅާ ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް އޭނާ އެއްދުވަހަކު މަޖިލީހުގައި ދެއްކެވި ވާހަކަތަކަކީ"ރޭސިސްޓު" ވާހަކަތަކެއްކަމަށް ދެކެވުނު ފަރާތްތަކުގެ ކިބައިން މާފަށް އެދޭ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!