ޚަބަރު

ދިވެހިން ނެތިގެން ނޫނީ ބިދޭސީންނަށް ވަޒީފާ ނުދެވޭގޮތް ހަދަނީ

ރައުފާ ރަޝީދު
ދިވެހިން ލިބެން ނެތް ދާއިރާތަކުން ނޫން ގޮތަކަށް ބިދޭސީންނަށް މަސައްކަތްކުރަން ނުދެވޭ ގޮތަށް ހަދަން މަަސައްކަތްކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައްޔާޒު ވިދާޅުވީ އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ފައްޔާޒު ވަނީ ދިވެހިންނަށް ވަޒީފާ ލިބުމުގައި ދަތިތައް ކުރިމަތިވާ ވާހަކަ ފާހަގަ ކުރައްވާފައެވެ.
ކޮވިޑާ ގުޅިގެން ދިވެހިންގެ ގިނަބަޔެއްގެ ވަޒީފާ ގެއްލިފައިވާކަން ފާހަގަ ކުރައްވައި ފައްޔާޒު ވިދާޅުވީ ގިނަ ބިދޭސީންގެ ވަޒީފާ އިތުރުވެފައި ވާކަމަށެވެ. އަދި އަދި ބޭރު މީހުން ވަޒީފާއަށް ގެނައުމުގެ ގަވާއިދުތަކަށް ބަދަލު ގެންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ޖޮބް ސެންޓަރުގައި ވަކި ހުނަރެއް ހުރި ދިވެއްސަކު ރަޖިސްޓްރީވެއްޖެނަމަ، އެ ވަޒީފާއަށް ބޭރު މީހަކަށް ކުރިމަތިނުލެވޭނެ ކަމަށެވެ. އަދި އެ ވަޒީފާއެއް ބޭނުންވާ ދިވެއްސަކު ނެތް ހާލަތެއްގައި ނޫން ގޮތަކަށް ބޭރު މީހަކަށް ވަޒީފާ ނުދޭނެ ގޮތަކަށް ހެދުމަށް މަސައްކަތްކުރާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

  1. ފަހުދު

    މިއީ ފޮނި ވާހަކަ ދެެްކުމުގައި ގޭސް ގަނޑު ކައްކާ މެޓާހިލަން އުޅޭ މީހެއް

  2. ޖެކެކެ

    ދިވެހިންނެއް ނެތޭ ހުސް އިންޑިއާ މީހުން ތިބީ.