ދުނިޔެ

ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާ އޮންނަ ޤައުމުތަކަކީ މިއީ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ބޮޑު ދެ ހަނގުރާމައަކާ ފަހުގެ ތާރީޚެއްގައި ދުނިޔެ ކުރިމަތިލިއިރު، އިތުރު ހަނގުރާމައަކަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އަބަދުވެސް އޮންނަނީ ތައްޔާރަށެވެ. ކޮންމެ އަހަރަކު އެޤައުމުތަކުގެ ދަޢުލަތުގެ ބަޖެޓްއިން އެތައް ބިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން، އަސްކަރިއްޔާއަށް ގިނަ ބަޔަކު ތަމްރީންކޮށް، އަސްކަރީ ހަތިޔާރު އުފައްދައެވެ. ބޭނުމަކީ ބޭރުން އަންނަ ހަމަލާތަކުން ޤައުމު ސަލާމަތް ކުރުމެވެ. މިގޮތުން ވައިގެ މަގުންނާއި އެއްގަމުގެ މަގުންނާއި ކަނޑުގެ މަގުން ކޮންމެ އަހަރަކު އެތައް އަސްކަރީ ޕޮރޮގްރާމެއް ތަކެއް މި ޤައުމުތަކުން ހިންގައެވެ.

Ads by Sosun Fihaara

މި އާޓިކަލްގައި މިބަލާލަނީ ދުނިޔޭގައި އެންމެ ބިޔަ ނުވަތަ އެންމެ ވަރުގަދަ އަސްކަރިއްޔާ އޮންނަ 5 ޤައުމަކަށެވެ.

އެމެރިކާ

ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި އެމެރިކާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޤައުމެވެ. ސަބަބެއްގެ ގޮތުގައި ބެލެވެނީ އެޤައުމުން އަސްކަރިއްޔާއަށް ކުރާ ޚަރަދުތަކެވެ. މިގޮތުން އަހަރެއްގެ މައްޗަށް 740,500,000,000  ޑޮލަރު އަސްކަރިއްޔާއަށް އެމެރިކާއިން ޚަރަދުކުރެއެވެ. އެމެރިކާގެ އަސްކަރިއްޔާގައި އެކްޓިވްކޮށް ހަރަކާތްތެރިވާ 2,245,500 ބޭކަލުން އުޅޭ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިނަންބަރު ބޮޑުތަނުން ތަފާތުވާނެ ކަމަށް ދިރާސާ ކުރައްވާ ބޭފުޅުން ހާމަކުރެއެވެ. އެމެރިކާގެ އަސްކަރީ މަޢުލޫމާތުތައް ހާމަ ކުރުމަށް އެމެރިކާގެ ސަރުކާރުން ދެކޮޅު ހަދައެވެ. ސަބަބަކީ އަސްކަރީ މަޢުލޫމާތުތައް އެނގޭނަމަ އެޤައުމަކާ ހަނގުރާމަ ކުރަން ފަސޭހަވާނެތީއެވެ.

ރަޝިޔާ

ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން ރަޝިޔާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ރަޝިޔާގެ ބާރު ދަށްވި ނަމަވެސް، ރަޝިޔާގެ އަސްކަރިއްޔާއަކީ ވަރުގަދަ ބައެކެވެ. އަހަރެއްގެ މައްޗަށް، 42,129,000,000 ޑޮލަރު އަސްކަރިއްޔާއަށް ރަޝިޔާއިން ޚަރަދު ކުރަމުން އަންނައިރު، 3,569,000 މީހުން އަސްކަރިއްޔާގެ އެކި ރޭންކްތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ސައިބަރ ސެކިއުރިޓީގެ ރޮގުން ރަޝިޔާގެ އަސްކަރިއްޔާ އޮތީ އެންމެ ކުރީގައެވެ. މިގޮތުން ބަލާއިރު، ރަޝިޔާގެ ސެޓެލައިޓްތަކާއި ސަރުކާރުގެ އިދާރާތަކުގެ ސިއްރުތައް ހިފަހައްޓަނީ ރަޝިޔާގެ އަސްކަރިއްޔާގެ ވަކި ޚާއްސަ ޔުނިޓަކުންނެވެ.

ޗައިނާ

ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާގެ އަސްކަރިއްޔާގައި 3,355,000 މީހުން އުޅޭ ކަމަށް ވެއެވެ. މީގެ އިތުރުން ދިމާވެދާނެ ކުއްލި ޙަލަތަކަށް ބަލާ އިތުރު 617,270,275 މީހުން އޮން-ކޯލްގައި ތިބޭ ކަމަށްވެއެވެ. އަސްކަރީ ގޮތުން ދުނިޔޭގެ ތިން ވަނަ ބާރުގެ ގޮތުގައި ޗައިނާވިނަމަވެސް، ޗައިނާގެ އަސްކަރިއްޔާއަކީ ޓެކްނޮލޮޖީގެ ރޮގުން އަރާ އޮތް ޤައުމެކެވެ. އަސްކަރީ ބަޖެޓްގެ ގޮތުގައި 178,200,000,000 ޑޮލަރު ޗައިނާއިން ހޭދަ ކުރާއިރު، ޗައިނާއިން ދަނީ އަސްކަރީ ބާރު ކަނޑުގެ ސަރަހައްދުތަކުގައި އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑިއާ

ދުނިޔޭގެ އަސްކަރިއްޔާގެ ރޭކިންގްގެ 4 ވަނައިގައި އޮތީ އަވައްޓެރި އިންޑިއާއެވެ. އިންޑިއާއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ މީހުން ގިނަ އަސްކަރިއްޔާއެވެ. މިގޮތުން 5,127,000 މީހަކު އަސްކަރިއްޔާގައި މަސައްކަތް ކުރަމުން ދެއެވެ. 73,650,000,000 ޑޮލަރު އިންޑިއާއިން އަސްކަރިއްޔާއަށް ހޭދަކުރަމުން އަންނައިރު، ލިސްޓްގެ 4 ވަނައިގައި އިންޑިއާ އޮންނަން ޖެހިފައިވަނީ، އަސްކަރީ ހަތިޔާރު އުފެއްދުމުގެ ގޮތުގައި އިންޑިއާ ކުރިއަރައިގެން ގޮސްފައިނުވާތީއެވެ. މިގޮތުން އަސްކަރީ ހަތިޔާރު އިންޑިއާއިން ގަންނަނީ އެމެރިކާ، ރަޝިއާ ފަދަ ޤައުމުތަކުންނެވެ.

Ads by PNC
  1. ހަގީގަތް

    ދުނިޔޭގެ އެންމެބާރުގަދަަ ގަވްމަކީ އީރާން..ތާލިބާނުން ބަލިނުވި އެމަރިކާ ކޮން އީރާނަކާ ކުޅިކުޅޭނީ

  2. އަސްކަރީޔާ

    ކޮބާ5 ވަނަ ގައުމު

  3. އިއްބެ

    ކޮބާ ތިބުނާފަސްގައުމު މަށަކައްނުފެނުން