ދީން

މާތްﷲ އަހަރެމެނަށް ދެއްވި އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ކަމުގެ ނިއުމަތް: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

މާތްﷲ އަޅުގަނޑުމެނަށް ދެއްވި ގިނަގުނަ ނިއުމަތްތަކުގެ ތެރެއިން އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ކަމުގެ ނިއުމަތް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

Ads by STELCO

ނިއުމަތްތަކަށް ޝުކުރު ކުރުމަށް ގޮވާލައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ މީގެ ނުވަސަތޭކަ އަހަރު ކުރިން މާތްﷲ ވަނީ އަޅުގަނޑުމެނަށް އިސްލާމް ދީނުގެ ހިދާޔަތު ދައްކަވައި އެކަލާނގެ އަށް އީމާންވާ މުސްލިމުން ކަމުގައި ލައްވާފައި ކަމަށެވެ. އެ ދުވަހުން ފެށިގެން މި ލޮބުވެތި ފަސްގަނޑ މިވަނީ ސައްތައިން ސައްތަ ތާހިރު އިސްލާމީ ފަސްގަނޑަކަށް ވެފައި ކަމަށެވެ.

މިކަމަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން ވަނީ އެމީހުންގެ ނަފްސުތަކުން ގުރްބާންތަކެއް ވެ މި ދީން ރައްކާތެރިކަމާއެކު އަޅުގަނޑުމެނާ ހަމައަށް ވާސިލް ކޮށްދީފައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި މި ދީބު ދެމެހެއްޓުމަށް މަސައްކަތް ކުރުކީ ދިވެހި ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"މުސްލިމް އަންހުންނޭވެ! ދުވަސްކޮޅެއް ކުރިން އަޅުގަނޑުމެން ތަހައްމަލު ކުރަމުން ދިޔައީ ދަތި އުނދަގޫ ދުވަސްތަކެކެވެ. ފުރަބަންދުވެ، ވަރަށް ގިނަ ހިދުމަތްތަކަކުން މަހްރޫމްވެ، އާންމު ހާލަތަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ސަބަބުން ހިތްދަތިކަމާއި ނުވަނަވަސްކަން ވެރިވި ދުވަސްތަކެކެވެ. ބައެއް ސަރަހައްދުތަކުގެ މިސްކިތްތަކުގައި ގާއިމްކުރެވޭ ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް ވަގުތޫ ގޮތުން މެދުކަނޑާލަން ޖެހުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ﷲގެ ތަނަވަސް ރަހްމަތުން މިއަދު މިވަނީ މިސްކިތްތައް ހުޅުވި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަރުޟު ފަސް ނަމާދާއި، ހުކުރު ނަމާދުގެ ޖަމާއަތް ގާއުމްކުރުމުގެ ފުރުސަތު ފަހިވެ، އާންމު ދިރިއުޅުމަށް ވެސް ލުއިތަކެއް ލިބިފައި ކަމަށެވެ. އަދި މިކަމުގައި ކަމާބެހޭ ފަރާތްތަކުން ދެއްވި އިރުޝާދުތަކަށް ރައްޔިތުން ދިން އެއްބާރުލުން ފާހަގަކުރަން ޖެހޭ ކަމަށާއި ކުރިޔަށް އޮތް ތަމުގައި އާންމު ސިއްހަތު ހެޔޮ ގޮތުގައި ދެމެހެއްޓުމަށްޓަކައި ތޮއްޖެހިގެން ނޫޅުމަށް ގައިދުރުމަކާއި، މާސްކު އެޅުން ފަދަ ކަންކަމަށް ސަމާލުވުން އިންތިހާ ދަރަޖައަށް މުހިންމު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"މުސްލިމް އަހުންނޭވެ! އިންސާނުން ކުރަމުން އައި ނޭދެވޭ އެތައް ކަމަކުން ދުރުހެލިވެ، ދިރުއުޅުމުގެ ވައްޓަފާޅިއާ އާދަކަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އިހްތިރާމްކުރަން މަޖްބޫރުކުރުވަނީ ކޮން ކަމެއް ހެއްޔެވެ؟ ލޮލަށް ނުފެންނަ ކުޑަ ކުޑަ މަހްލޫގެއްގެ ސަބަބުން، ބިރުވެރިކަމާއި ނާމާންކަން ވެރިވެ އާންމު ހިދުމަތްތައް ހުއްޓި އިގްތިސާދީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވުމުން އިންސާނުންނަށް ލިބިގެން ދިޔައީ ކޮންފަދަ ބޮޑު އިބްރަތްތެރި ފިލާވަޅެއް ހެއްޔެވެ." ހުތުބާގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!