ޚަބަރު

މެޑަލް ޖަހަންވީ 5އަހަރުގެ ސަރުކާރެއް ނިމުމުގެ ކުރިން އެމީހަކު އެޅި ފުލެޓަކަށް ރައްޔިތުން ވައްދާފައި: ރީކޯ މޫސަ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮންމެ ސަރުކާރަކުން ވެސް މެޑަލް ޖަހަންވީ އެ ސަރުކާރަކުން އެޅި ފްލެޓަކަށް ރައްޔިތުން ވެއްދުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

Ads by STELCO

މޫސަ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެެވެ. އެ ޓުވީޓުގައި ބުނެފައިވަނީ މެޑަލް ޖަހަންވީ ރައްޔިތުންގެ ނަމުގައި ލޯނު ނަގާފައި، ފަސް އަހަރުގެ ސަރުކާރެއް ނިމުމުގެ ކުރިން އެމީހަކު އެޅި ފުލެޓަކަށް ރައްޔިތުން ވެއްދުމަށްފަހު ކަމަށެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު ހިޔާ ފުލެޓުގެ އެއް ކޮޓަރީ ފުލެޓުތައް ނޭޅޭ ކަމަށް ބުނެ ފުލެޓު ނުދޭން ނިންމައިފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މިކަމާ ގުޅިގެން ގިނަ ބައެއް ނުރުހުން ފާޅު ކުރަމުންދާއިރު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ ވަޢުދުތަކެއް ވެފައެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އަމަލުކުރަމުން ދާ ގޮތާމެދު ވެސް ގިނަ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ނުރުހުން ފާޅުކުރަމުންނެވެ.

މޫސަގެ ޓްވީޓު ބޯހިޔާވަހިކަމަށް އަމާޒުވެފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ކެމްޕެއިން ކުރުމަށް އެންމެ ބޮޑަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ވެސް ބޯހިޔާވަހިކަމުގެ ވާހަކައެވެ.

  1. ހަސަން

    ބަލަ ހުޅުލޭމޫސަ ކަލޭ ރައްޔިތުންކުރިމަތީ ތިފާޑަށް ވާހަކަ ދައްކާކަށް މާ ތާހިރެއް ނޫން. ކަލޭ ކޮންމެ ސަރުކާރެއްގައި ކަލޭ ކުންފުނީގެ ބާދަގަނޑު ތަންތަނަށް ގެންގޮސް އެއިން އެއްވެސް މަސައްކަތެއް ނުކުރެވޭއިރު އެއަށް ނަގާ ލާރިފުނިވަރަކީ ކަލެއަށް ރައްޔިތުންނަށާއި ގައުމަށް ކޮށްދެވޭ އިހްލާސްތެރި ހިދުމަތެއްބާ؟ ކަލޭވެސް ރައްޔަތުންނަށް ވަރަށް ރަނގަޅަށް އެނގިއްޖެ.

  2. މޫނޭތިއީހިތްއެދޭ

    ވައްދާފަ ތިބީ. ނެރެ އުކާލާފަ މޮޅު ވާހަކަ ދެއްކިޔަސް ތިކަމާ އުޅެވޭކަށް ނެތޯ ރައްޔިތުން އެބަބުނޭ. ތިމަންމެން މިވަގުތު މިދުވަނީ ތިމަންމެންގެ ބޯހިޔާވަހިކަން ފޭރިގަތް މީހުން ފަހައޭ. ބޯވައެއް އަރުވާ ކުލަކުލަ ބަލަން ވަގުތު ދެވޭނީ މިކަން ނިމުނީމައޯ!