ޚަބަރު

280 ފްލެޓް މަދުވީ ވިޔަފާރި އުސޫލަށް ފްލެޓް ދޫކުރަން ސަރުކާރުން ނިންމުމާ ގުޅިގެން: އެޗްޑީސީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ބިނާކުރި 7،000 ހައުސިންގް ޔުނިޓްގެ ތެރެއިން 280 ފްލެޓް ވިޔަފާރި އުސޫލުން ބޭނުން ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ހާމަކޮށްފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލިހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގައި އެޗްޑީސީނޭޖިން ޑިރެކްޓަރު އަޙްމަދު ޝުހައިލް ވިދާޅުވީ، މިދިޔަ ސަރުކާރުން ހިޔާ ފްލެޓްގެ އެންމެ ތިރީ ފްލޯގެ ދެބައި ކުޅަ އެއްބައި ވިޔަފާރި އުސޫލަށް ބޭނުން ކުރަން ނިންމާފައިވާ ކަމަށާއި ނަމަވެސް މިސަރުކާރުން، މި އަދަދު ޑަބަލްކޮށް، ގްރައުންޑް ފްލޯ އެއްކޮށް ވިޔަފާރި އުސޫލުން ދޭން ނިންމާފައިވާ ކަމަށެވެ.

"އޯލްރެޑީ ޑިސައިޑް ކޮށްފަ އޮތީ، ގްރައުޑް ފްލޯގެ ދެބައިކުޅަ އެއްބައި ބޭނުން ކުރާނީ ކޮމާޝަލް ޔޫސް އަކަށޭ. އެއީ 140 ފްލެޓް. އެހެން ނަމަވެސް މި ސަރުކާރުން، އަޅުގަނޑުމެން ނިންމި ނިންމުމެއް އެވަރު ޙަޤީޤަތުގައި މަދޭ، އެވަރު އާބާދީއަކަށް، ކޮމާޝަން އަދި އެޝެންޝިއަލް ކަންތައްތަކަށް ޖާގައަށް. އެހެންވީމަ ސަރުކާރުން ނިންމެވީ ގްރައުންޑް ފްލޯ އެއްކޮށް ފްލެޓް ނުބަހައްޓަން. އެހެންވީމަ 280 ފްލެޓް މަދުވެގެން މިދިޔައީ." ސުހައިލް ވިދާޅުވިއެވެ.

ސުހައިލް އިތުރަށް ވިދާޅުވީ ސަރުކާރުން މިފަދަ ގޮތަކަށް ނިންމާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވިޔަފާރި ކުރުމަށް އަދި އިތުރު އެހެންވެސް ކޮންމެހެން ބޭނުންތެރި ޚިދުމަތްތައް ހޯދުމަށް ކައިރި ހިސާބެއްގައި ވިޔަފާރިތައް ނެތުމުން ކަމަށެވެ. އަދި މަޝްރޫޢު ނިމޭއިރު، ބޮޑު އާބާދީއެއް އެސަރަހައްދުގައި އޮންނާނެ ކަމަށާއި މިހެންކަމުން ޚިދުމަތްތައް ކައިރިން ހޯދޭނެ ގޮތެއް ހޯދަން، ފްލެޓްތައް ވިޔަފާރި އުސޫލުން ދޭން މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި ކޮންމެހެން ވެސް ބޭނުންވާ ޚިދުމަތްތަކެއް. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި އެހެން ޚިދުމަތްތައް ހުރި ގޮތުން ފިހާރަތަކެއް، ސަޕޯޓިންގ ފެސިލިޓީތަކެއް ހެދިފައެއް ނެތް. މި 7،000 ފްލެޓްގެ ތެރޭގައި 30،000 އާއި 35،000 އާ ދެމެދުގެ މީހުން ދިރިއުޅޭނެ، މިހެންވެ ޚިދުމަތްތައް ކައިރިން ލިބޭނެ ގޮތެއް" ސުހައިލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް، އެޓާނީ ޖެނެރަލްގެ އިތުރުން  ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ހާޒިރު ކޮށްފައެވެ. މިއަޑު އެހުމަށް އާއްމުން ބައިވެރިވުމަށް ގޮސްފައިވާއިރު، ބައެއް ފަރާތްތަކަށް ފުރުސަތު ދީފައި ނުވާތީ، އެފަރާތްތަކުން ވަނީ މުޒާހަރާ ކޮށްފައެވެ.

 

Ads by Allied Insurance
  1. ާައާދަނު

    އެ 280 ފުލެޓު ވިއްކާފަ އެވަރުންވެސް ކާލަން ލިބޭ އެތިކޮޅު މަދުވެގެން ދޯ ފުލެޓް ލިބުނު މީހުން އަތުން 7000 ނަގަން މި ކިޔަނީ. ނަގަން އޭރުގަ ކިޔާފަ އޮތް ވަރައްވުރެ 2000 ރުފިޔާ ބޮޑުކޮއް މި ނަގަން އުޅެނީ. މަހަކު 6720 ފުލެޓުން މި މީހުން ގެ ޖީބަށް 13440000 ރުފިޔާ ލެވޭނެއްނު 7000 ނެގީމަ ހަމަ ރައްޔިތުން ފެލަން އުޅޭ ބައެއް މީ