ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށް ކުރީ ސަރުކާރުން ދިން ލިޔުމާ ޚިލާފު ނުވެވޭނެ: ރައީސް ނަޝީދު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި "ހިޔާ" މަޝްރޫޢު ގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓްތައް ލިބުނު ފަރާތްތަކަށް އެކަން އެންގުމަށް ދައުލަތުން ދޫކުރި ލިޔުމަށް މި ސަރުކާރުން ވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި އެ ލިޔުމާ ހިލާފު ނުވެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމަށް ވަނުމަށް ދިޔަ އާންމުން އެ ކޮމިޓީއަށް ނުވެއްދުމުން އިހުތިޖާޖުކުރަން ފެށުމާއެކު، އެ އިހްތިޖާޖްގެ ބައިވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ނިޝާން އޮންނަ ކޮންމެ ލިޔުމަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ލިޔުމާ ހިލާފު ނުވެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު މިހެން ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުން އެކުލަވާލި ލިސްޓްގައި ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދޫކޮށްފައިވާ ކަމަށް ކަނޑައަޅާ މި ސަރުކާރުން ވަނީ ކޮމިޓީއެއް އުފައްދައިގެން ފްލެޓް ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ވެސް ފަށައިފައެވެ.
ހިޔާ މަޝްރޫއުގައި ފްލެޓްތައް ލިބޭނެ މީހުން ކުރީ ސަރުކާރުގައި ވެސް އެކުލަވާލައި، ލިސްޓް އާންމުކޮށް ، އެ ފަރާތްތަކަށް ލިއުން ވެސް ހަވާލު ކުރިއެވެ. ނަމަވެސް އޭރު ފްލެޓްތައް ލިބޭ މީހުން ކަނޑައެޅީ އިންސާފުން ނޫން ކަމަށް ބުނެ މި ސަރުކާރުން އަލުން އެ މަސައްކަތް ފެށިއެވެ.
އިންތިހާބު ކައިރި ވާ ވަރަކަށް ރައްޔިތުންގެ ބޯ ކާލަން މޮޅެއްނު ޖައްސާފަހުރި ގޭމު ރައްޔލތުން ނަށް ދެން އެނގޭނީ ކަން ކުރަންވީ ގޮތް
️️️️ ތިލަފަތަށް ވުރެ ކަނޑަށް އެޅުން ރަގަޅު !!