ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ
ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 64 ވަނަ މީހާއެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 20،280 މީހުން ވަނީ ފައްސި ވެފައިވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 17،595 މީހުންނެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
Ads by HDC