ޚަބަރު

ސިނަމާތަކާއި ޓްރެކް ބަންދުކުރަން އަންގައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިތުރު ބައެއް ފިޔަވަޅުތައް އަޅަން ނިންމައިފިއެވެ.

Ads by STELCO

އެގޮތުން އެޗްޕީއޭއިން މިރޭ ބުނީ މާލެ ސަރަހައްދުގައި އަޅާފައިވާ ކާފިއުގެ މުއްދަތު އިތުރުކޮށް، އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި 5 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށް، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުމަށާއި ދުވުމަށް ހާއްސަ ކޮށްފައިވާ ޓްރެކުތައް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ވެސް އެޗްޕީއޭއިން ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތައް ހަރުކަށިކޮށް، އިތުރު ބައެއް ފިޔަވަޅުތައް އަޅާފައެވެ.

އިތުރު ފިޔަވަޅުތައް:

  • ޕާކުތަކާއި މައިޒާންތައް ބަންދުކުރުން
  • ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓައިލުން
  • އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުން

އޭގެ އިތުރުން އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ވެސް ބައެއް ކަހަަލަ ފިޔަވަޅުތައް ދަމަހައްޓަން ވަނީ ނިންމައިފައެވެ.

  • ޖިމްތަކުގައި، ހަމައެކަނި، އެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުން
  • ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮތުން
  • ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓައިލުން
  • ޑޭ ކެއާގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ދިނުން ހުއްޓައިލުން

  1. ތިޔަ އުޅެނ މިސްކްތަށ ބަންދ ކުރަންވެގް