މިސަރުކާރު ދަމަހައްޓަން ބޭނުންކުރާ އަސާގަނޑަކީ ކޮވިޑް: އަދުރޭ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ވެރިކަން ދެމެހެއްޓުމަށް މިހާރު ބޭނުންކުރަމުންދާ އަސާގަނޑަކީ ކޮވިޑް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ކޮވިޑަކީ މި ސަރުކާރު ދަމަހައްޓަން ބޭނުންކުރާ އަސާގަނޑަށްވެފައިވާ ކަމަށާއި އަދި އެ އަސާގަނޑު ވިއްދައިގެން ނޫން ގޮތަކަށް ދެން މި ސަރުކާރު ދެމި ނޯންނާނެ ކަމަށެވެ. އެހެންކަމުން އިދިކޮޅަށް ނޭވާލާނެ ފުރުސަތު ނުދިނުމުގެ ގޮތުން އެކި ގޮތްގޮތުން އަމަލުކޮށް އެންގުންތައް އަންގަމުން އަންނަކަމަށް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ސަރުކާރުން މިހުރިހާ ފިއްތުންތަކެއް އަންނަ މައިގަނޑު ސަބަބަކީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބު އޮތުމެވެ. އެގޮތުން އެޗްޕީއޭ މެދުވެރިކޮށް ތަފާތު ގައިޑްލައިންތައް ހަދަމުން އަންނަނީ އިދިކޮޅަށް ކެމްޕެއިން ކުރަން ފުރުސަތު ނުދިނުމަށް ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
"ބަޔަކު ތަނެއްގައި މުޒާހަރާކުރިޔަސް، ޕީޕީއެމް، ޕީއެންސީ އޮފީސް ބަންދުކުރާކަށް ނުޖެހޭ. އެހެންވީމަ ކަނޑައެޅިގެން ޕީޕީއެމް، ޕީއެންސީއަށް ހަރަކާތްތައް ހިންގިޔަ ނުދޭންވެގެން ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޯޑަރަށް އެޗްޕީއޭ އިން އަމަލު ކުރަމުން ގެންދަނީ،" އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ އެޗްޕީއޭ އިން އަމަލު ކުރަމުން އަންނަ ގޮތުން މިހާރު އެތަނަކީ މިނިވަންކަމާއެކު މަސައްކަތްކުރާ ތަނެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އެއީ އެމްޑީޕީގެ ހަރުގެއެއް ފަދަ ތަނެއް ކަމަށެވެ.
ހަމަތެދެއް ތިބުނީ…..