ޚަބަރު

މި ދައުރުގައި މާލެ ސަރަހައްދުގައި 15،000 ފްލެޓް އިމާރާތް ކުރެވިގެން ދާނެ : ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ދައުރުގައި މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ކަމަށް ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވީ މިރޭ ކުރިޔަށްދާ އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހި ކަމަށް ދިމާވެފައިވާ މައްސަލައަށް ކުރިއަށް އޮތްތާ އެދެވޭ ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވެފައިވާ ވައުދާ އެއްގޮތަށް މާލެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިންގޭ މަޝްރޫއުތަކުގެ ރަނގަޅު ނަތީޖާއެއް މި އަންނަ އަހަރު ފެންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގެންފައި ވަނީ މާލެ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓް އެޅުމަށް ކަމަށެވެ. އެހެންނަމަވެސް މި ދައުރުގެ ތެރޭގައި 15،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ހައުސިން ޔުނިޓްތަކުގެ ތަފްސީލު ވެސް ދެއްވާފައެވެ. އަދި ހުރިހާ ފްލެޓްތައް ވެސް ޖާގައިގެ ގޮތުން ތަނަވަސް ، ސައިޒު ބޮޑު ތަންތަނަށް ވާނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

Ads by Ooredoo
  1. ނާޝިޒު

    ދައްކަ ވާ ވާހަކައި ގައި މިހާރު އެއްވެސް އިތުބާރެއްނެތް.
    ނުވެސް ކުރެވޭނެ.
    އަލުގަނޑު ކުރިން ވަރަށް އިތުބާރު ކުރިން އިބޫ އައް..