ޝާހްރުކް ޚާން ދިއްލީއަށް ގޮަސް، ކުރި ކަމެއް ބަލަން އުޅުނު ޕަޕަރާޒީންނަށް ލިބުނީ ތަފާތު ފޮޓޯއެއް!

ބޮލީވުޑްގެ މެގާ ސްޓާ ޝާހްރުކް ޚާން ވަރަށް ފަހުން ވަނީ އޭނަގެ އުފަން ސިޓީ ، ދިއްލީ އަށް ޒިޔާރަތް ކޮށްފައެވެ.
ޝާހްރުކް ޚާން ދިއްލީއަށް ދިޔުމާއެކު، ޕަޕަރާޒީން ވެސް ވަނީ އޭނާ ފަހަތުން ގޮސް، އޭނާ އުޅޭ ނޫޅޭ ގޮތް ބަލާފައެވެ.އެގޮތުން އިންޑިއާގެ އެންމެ މަޝްހޫރު އެއް ޕަޕަރާޒީ ކަމުގައިވާ ވައިރަލް ބަޔާނީ ވަނީ ޝާހްރުކް ދިއްލީގައި ހުއްޓާ އޭނާގެ ފޮޓޯތަކެއް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.
އެފޮޓޯތަކުން ފެންނަނީ ޝާހްރުކް ޚާން ސަހަރާއަކަށް ގޮސް، އޭނަގެ ނިޔާވެފައިވާ މަންމައާއި ބައްޕަގެ މަހާނައަށް ޒިޔާރަތް ކުރާ މަންޒަރެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ދިއްލީއަށް ދާ ކޮންމެ ފަހަރަކު ވެސް ޝާހްރުކް ޚާން އޭނަގެ މައިންބަފައިންގެ މަހާނައަށް ޒިޔާރަތް ކުރެއެވެ.
ޝާހްރުކް ޚާންގެ ބައްޕަ މީރް ތާޖް މުޙައްމަދު ޚާން ނިޔާވީ، ޝާހްރުކް ގެ އުމުރުން 8 އަހަރުގައެވެ. އަދި އޭނަގެ މަންމަ ލަތީފް ފަތީމާ ޚާން ނިޔާވީ 1990ވަނަ އަހަރު ކެންސަރު ބަލީގައެވެ.
ވަރަށް ފަހުން ޝާހްރުކް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ، އޭނަގެ މައިންބަފައިން މަތިން އަބަދުވެސް ހަނދާންވާ ކަމަށެވެ.
މުސްކުޅި ބެއެއްދޯ. ތީދެންކާކު.