އަލީ އާޒިމް ކޮވިޑް-19 އަށް ފައްސި ވެއްޖެ
އެމްޑީޕީގެ ޕާރލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
މެންބަރު އަލީ އާޒިމްއާ ހަވާލާދީ އޮންލައިން ނޫސް “ސަން”ގައި ބުނެފައިވަނީ އެމަނިކުފާނު ކޮވިޑް-19އަށް ފައްސިކަން އެނގުނީ މިރޭ ކަމަށެވެ.
މީގެ އިތުރުން ބަައްޔަށް ފައްސިވެ ވަރަށް ބޮޑަށް ހުން އައިސްފައި ހުރި ކަމުގައި ވެސް އަލީ އާޒިމްއާ ހަވާލާދީ “ސަން”ގައި ބުނެފައިވެއެވެ.
އިއްޔެގެ ހަވީރު ހަޔަކާ ހަމައަށް ރާއްޖެއިން 20،919 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިވަގުތު 2،595 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 179 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ.
މި ބަލީގައި ރާއްޖެއިން މިހާރު 64 މީހަކު ވަނީ ނިޔާ ވެފައި ވެއެވެ.
Ads by Allied Insurance