ނިމްޝާ ޓިކްޓޮކާ ދުރަށް، ސަބަބެއް ހާމައެއް ނުކުރި!

ޓިކްޓޮކްގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދައިފައިވާ ތަރި ނިމްޝާ ޓިކްޓޮކް ކުޅުން ހުއްޓާލައިފިއެވެ.
ނިމްޝާ ހިއްސާ ކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އޭނާ އިތުރަށް އެއްވެސް ވީޑިއޯއެއް ޓިކްޓޮކްގައި ހިއްސާ ނުކުރާނެ ކަމަށެވެ. އަދި އެކަމަށް އޭނާ ވަނީ އޭނާގެ ފޭނުންގެ ގާތުން މަޢާފަށް ވެސް އެދިފައެވެ.
ނިމްޝާ ޓިކްޓޮކް ކުޅުން ހުއްޓާލި ކަން ހާމަކުރި ނަމަވެސް އޭނާ އެ ނިންމުން ނިންމި ސަބަބެއް ހާމަ ކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް ނިމްޝާ އަށް ގުޅާލިއިރު އޭނާގެ ފޯން ނިއްވާލާފައި އޮތުމުން އިތުރު މައުލޫމާތެއް ލިބޭ ގޮތެއް ނުވިއެވެ.
ނިމްޝާއަކީ ޓިކްޓޮކްގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދައިފައިވާ ފަންނާނެކެވެ. އެގޮތުން އޭނާ ފޮލޯވަރުންގެ އަދަދު 55 ހާހަށް ވުރެ ގިނައެވެ.
ނިމުޝާ އަށް ހެޔޮވިސްނުން ދެވައިފި
ކުޅޭނެ އެއްޗެހި ހުސްވީ