ނިމްޝާގެ ބުޅާ ގެއްލިގެން ހޯދަނީ، ހޯދައިދޭ ފަރާތަކަށް ފައިސާގެ އިނާމެއް

ދިވެހީންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ޓިކްޓޮކް ތަރި ނިމްޝާ ޒާހިރު އޭނާގެ ބުޅާ ގެއްލިގެން ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ނިމްޝާ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ލައިފައިވާ ފޮޓޯއެއްގައި ބުނެފައި ވަނީ އޭނާގެ ބުޅާ ހޯދައިދޭ ފަރާތަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށެވެ. "ބޫ" ނަމަކަށް ކިޔާ މި ބުޅާ ގެއްލިފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ވެސް ނިމްޝާ ވަނީ އެ ޕޯސްޓުގައި ބުނެފައެވެ.
އެ ބުޅަލުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ 7515118 ނުވަތަ 7613079 އަށް ގުޅުމަށް ނިމްޝާ ވަނީ އެދިފައެވެ. އަދި އޭނާގެ ސްޓޯރީގައި ވަނީ "ބޫ"ގެ ފޮޓޯއެއް ވެސް ހިއްސާ ކޮށްފައެވެ.

ނިމްޝާއަކީ ޓިކްޓޮކްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ފަންނާނެކެވެ. އޭނާގެ 58 ހާހަށްވުރެ ގިނަ ފޮލޯވަރުން ތިބި އިރު އޭނާ ނުދަންނަ މީހަކު މިއަދު މީސްމީޑިއާގައި މަދުވާނެއެވެ. އޭނާގެ އިންސްޓަގްރާމްގައި ވެސް ވަރަށް ގިނައިން އޭނާގެ ބުޅާތަކާއެކު ފޮޓޯ ނަގާފައި ހުރެއެވެ.
ތިޔައްތުރެން މާރަނގަޅުވާނެ މީހަކާއިނދެގެން ލޯބި ލޯބި ކުއްޖަކު ގެންގުޅުނިއްޔާމު
ނަަސީބެއްނު މުސަޅުޖޯޑު ނުގެއްލުނުކަން.