މާލޭ ރައްޔިތުންނަށް ގޯތިދޭން ބިމެއް ހިއްކަނީ

މާލޭ ރައްޔިތުންނަށް ގޯތި ދޭން އިތުރު ބިމެއް ހިއްކުމުގެ ޕްލޭނެއް އެބަ އޮތް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އިތުރު ބިމެއްގެ ވިސްނުން ސަރުކާރުން އެބަ ގެންގުޅުއްވާ ކަމަށާއި، ނަމަވެސް އެކަން އިއުލާން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
“އެހެންވީމާ އިތުރު ބިމެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެ ބިމާ އެކީގައި އިތުރު ގޯތީގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އަސްލު،" އަސްލަމް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބިން ހިއްކަން އައިއެންޖީ ބޭންކުން ލޯނެއް ނަގަަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ލޯނު ލިބުނުހާ އަވަހަކަށް އެތަން ހިއްކޭން ފަށާނެ ކަމަށެވެ.
ބިންހިއްކާ ނިމޭނެ ކައުންސިލް އިންތިހާބު ނިމޭ އިރައް ދޯއަސްލަމް.