ޚަބަރު

ރަމަޟާން މަހު ސަލްމާން މިސްކިތް ބޭނުން ކުރަން ފެށޭނެ: ރައީސް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ރަމަޟާން މަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޞާލިހު ވިދާޅުވީ އެންމެ ފުރަތަމަ ސަލްމާން މިސްކިތް ހުޅުވުމަށް ނިންމާފައި އޮތީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން އެ މިސްކިތް ހުޅުވުމަށް ނިންމީ ސައުދީ އަރަބިއްޔާގެ އިސްވެރިން ތަކެއް ވަޑައިގެން ކަމަށާއި ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެކަން ފަސްވެގެން ދިޔައީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަ ގެންދަން ނުރަސްމީ ކޮށްވިއަސް ކުރިއަށް މި އޮތް ރޯދަ މަހު ތެރޭގައި އެތަނުގެ ބޭނުން ކުރެވޭނެ ގޮތް ވޭތޯ. އެ މަޝްވަރާ ކުރެވެމުން އެބަދޭ" ރައީސް ވިދާޅުވިއެވެ.

ސަލްމާން މިސްކިތަކީ، ސައުދީގެ ސަލްމާން ރަސްގެފާނުގެ އެހީއާއެކު ދިވެހި ސަރުކާރުން ޚަރަދު ކޮށްގެން އެޅި މިސްކިތެކެވެ. މި މިސްކިތް ހުޅުވަން އެކިއެކި ތާރީހު މިހާރުގެ ސަރުކާރުން ދީފައިވީ ނަމަވެސް، އަދިވެސް އެ މިސްކިތް ހުޅުވާފައެއް ނުވެއެވެ.

  1. ޖާނޭ

    ތިޔަވީ ކިހިނެތް. ސައުދީ ރަސްގެފާނު އަތުން ލާރި ނުލިބުނީދޯ،ރިޔާސީ ކެމްޕޭނަށް.