ރައީސް ޔާމީން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދިނިން: ރައީސް
ރައީސް ޔާމީން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އެދުމުން އެކަމަށް ހުއްދަ ދެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ކުރީގެ ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި ޒިޔަތު ގޭގައި ހުރެފައި ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހުނީ ކޮން ސަބަބަކާ ހުރެތޯ އެމަނިކުފާނު ބެއްލެވި ކަމަށެވެ. އެގޮތުން އެކަން ހިނގާފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތްތައް ފުރިހަމަ ކުރުމަށްފަހުގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ތިއްބެވީ ސިއްހީ މައްސަލަތަކަކާ ގުޅިގެން ޑޮކްޓަރުގެ ލިޔުމާއެކުގައި ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ އެފަދަ ލިޔުމެއް އަދި ލިބިފައި ނުވާ ކަމަށާއި ނަމަވެސް މީގެ ކުރިން ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް އެމަނިކުފާނު އެދިލެއްވި ކަމަށެވެ، އަދި އެކަމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ރައީސް ޔާމީނަށް ހުއްދަ ދެއްވި ކަމުގައި ރައީސް ވިދާޅުވިއެވެ.
ދޮގު ހެދުމުގައި ހައްދު ފަހަނައަޅާފައިވާ ކަން އެނގޭ.