މީސްމީޑިއާގައި ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޝަހުސިއްޔަތެއް ކަމަށްވާ ފިޓް ފާޒިލް ކައިވެނި ކޮށްފިއެވެ.

Ads by Hajj Corporation

އޭނާ ކައިވެނި ކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާގެ އެކުވެރިންނާއި އާއިލާއިން އޭނާއަށް ތަހުނިޔާ ކިޔައި ލާފައިވާ ފޮޓޯތައް އޭނާގެ އިންސްޓަގްރާމް ސްޓޯރީ އިން ވެސް ފެންނަން އެބަހުއްޓެވެ.

ދާދި ފަހަކުން ފާޒިލް ވަނީ ގިނަ ބައެއްގެ ތެރޭގައި މަޝްހޫރު ވެގެން ގޮސްފައެވެ. އޭނާއަށް ގިނަ ބައެއްގެ ސަމާލުކަން އެ ދުވަސްވަރު ލިބުނީ އޮޅުވާލައިގެން "ގިވް އަވޭ" އެއް ކުރިއަށް ގެންދިޔަ މައްސަލައެއްގައެވެ. އެގޮތުން ގިވްއަވޭގައި ގިނަ ބަޔަކު ބައިވެރިވެފައި ވާއިރު އެކަމަކީ އޭނާ އޮޅުވާލުމެއްގެ ތެރެއިން ކުރިކަމެއް ކަން އެނގުމުން ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށް ފާޒިން އަންފޮލޯ ވެސް ކޮށްފައެވެ.

އޭނާ ވަނީ މިކަމާ ގުޅިގެން ބައެއް މީޑީއާތަކުގައި އެއީ އޮޅުވާލުމެއް ކަމަށް އެއްބަސްވެ އާންމުންގެ ކިބައިން އެކަމަށް މަޢާފަށް ވެސް އެދިފައެވެ.

ފިޓް ފާޒިލްގެ އިންސްޓަގްރާމްގެ ފޮލޯވަރުންގެ އަދަދު 81 ހާހަށް ވުރެ ގިނައިރު އޭނާ އަކީ ދިވެހި ގިނަ އަންހެން ކުދިންގެ މެދުގައި ވެސް މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!