ދުނިޔެ

ފަލަސްތީނުގެ ކުޑަކުދިންނަށް އިސްރާއިލުގެ ލާއިންްސާނީ ސިފައިން އަނިޔާކުރާ ވީޑިއޯއެއް އާންމު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފަލަސްތީނުގެ ކުޑަކުދިންނަށް އިސްރާއީލުގެ ލާއިންސާނީ ސިފައިން އަނިޔާކުރާ ވީޑިއޯއެއް އާންމު ކޮށްފިއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވެގެން ތިބޭ ޔަހޫދީންނާއި އެގައުމުގެ ކުޑަކުދިންނާ ދެމެދު ވަނީ ހަމަނުޖެހުމެއް ހިނގާފައެވެ. އަދި އެ ހަމަނުޖެހުމާއެކު އިޒްރާއިލުގެ ސިފައިން ވަނީ ފަލަސްތީނުގެ ކުޑަކުދިން ހައްޔަރަށް ގެންގޮސްފައެވެ.

ފަލަސްތީނުގައި ހަރަކާތްތެރިވާ ނޫސްވެރިއެއް ކަމަށްވާ "ބެން ވައިޓް" ވަނީ އިޒްރާއިލްގެ ސިފައިން ފަލަސްތީނުގެ ކުޑަކުދިންނަށް އަނިޔާކުރާ ވީޑިއޯއެއް އާންމު ކޮށްފައެވެ. ޓްވީޓާގައި މި ވީޑީއޯ ހިއްސާކޮށް އޭނާ ބުނެފައި ވަނީ ފަލަސްތީނުގެ 8 އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންތަކަކަށް އިސްރާއިލްގެ ލާއިންސާނީ ސިފައިން އަނިޔާކޮށް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ވީޑީއޯ އަކީ އިޒްރާއިލްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ނަގާފައިވާ ވީޑިއޯއެކެވެ. މިކަމާ ގުޅިގެން އިސްރާއިލުގެ ސިފައިން ބުނެފައި ވަނީ ހައްޔަރު ކުރެވުނީ ޔަހޫދީންގެ އަމިއްލަ ބިންތަކަށް ދިޔަ ކުޑަކުދިންތަކެއް ކަމަށެވެ. އަދި އެކުދިން މިހާރު ވަނީ ބެލެނިވެރިންނާ ހަވާލު ކުރެވިފައި ކަމަށް ވެސް އިޒްރާއިލްގެ ސިފައިން ބުނެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ކޮންމެ އަހަރަކު ވެސް އިޒްރާއީލުން 500 އާއި 700އާ ދެމެދުގެ އަދަދެއްގެ ފަލަސްތީނު ކުޑަކުދިން ހައްޔަރު ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!