ޚަބަރު

ބޯހިޔާވަހިކަމުގެ މިސްރާބަށް ވާސިލުވެވޭނީ އެމްޑީޕީ ކައުންސިލަކާއެކު ސަރުކާރު ހިނގައިގަނެގެން: ރިޒްނާ 

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބޯހިޔާވަހިކަމުގެ ވާހަކަތަކަކީ ފެށުނީންސުރެ އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށާއި، އެ މިސްރާބަށް ވާސިލުވެވޭނީ އެމްޑީޕީ ކައުންސިލަކާއެކު ސަރުކާރު ހިނގައިގަނެގެން ކަމުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ އެމްޑީޕީގެ ކެނޑިޑޭޓު، ރިޒްނާ ޒަރީރު ވިދާޅުވެއްޖެއެވެ. ރިޒްނާ މިހެން ވިދާޅުވީ، ރިޒްނާގެ ކެމްޕޭން ޖަގަހަ ރަސްމީކޮށް ހުޅުވުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ads by STELCO

އެ ރަސްމިއްޔާތުގައި ރިޒްނާ ވާހަކަ ދައްކަވަމުން ހުޅުމާލެ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން ހުޅުމާލޭގައި ވެސް ބޯހިޔާ ވަހިކަމަށް އެތައް އާއިލާއެއް އެބަ ތިބި ކަން ފާހަގަ ކުރައްވާ ރިޒްނާ ވިދާޅުވީ، 4000 ހައުސިންގް ޔުނިޓްގެ މަސައްކަތް މިވަގުތު ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، އެ ފްލެޓުތައް ހައްގުވާ ފަރާތްތައް ކަނޑައަޅާ އެފްލެޓުތައް ލިބުނު ފަރާތްތަކަށް ލިޔުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

ރިޒްނާ އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ބޯހިޔާވަހި ކަމުގެ ތަފާތު ގިނަ މަޝްރޫއުތަކުގައި ސޮއި ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް ހިތާމައަކީ ގިނަ މަސައްކަތްތަކަށް ހުއްޓުން އައިސްފައި ވުން ކަމުގައެވެ. އެހެންކަމުން އެ މަސައްކަތްތައް ނުފެށި ހުރި އެއްބަސްވުންތަކާއި އެމްއޯޔޫތައް އުވާލުމަށް ފަހުގައި އެ ބިންތަކުގައި ބޯހިޔާ ވަހިކަމުގެ އިތުރު އެހެން މަޝްރޫއުތައް ފެށުމަށް ސަރުކާރުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމުގައި ރިޒްނާ ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، ރިޒްނާ ޒަރީރު ކުރިމަތިލައްވައިގެން އުޅުއްވާ ދާއިރާ ކަމުގައިވާ ހުޅުމާލެ ރާއްޔިތުންނަށް ދިމާވެފައިވާ އާންމު މައްސަލައެއް ގޮތުގައި، ވެހިކަލް ރަޖިސްޓްރީ ކުރުމަށް ދިމާވާ ހުރަސްތައް ފާހަގަކުރައްވާ ރިޒްނާ ވިދާޅުވީ، އެކަމަށް މީހާ ވެސް އަވަހަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކިބައިން އެދޭ ކަމަށެވެ. މީގެ އިތުރުން ރިޒްނާ ވިދާޅުވީި އަދުގެ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މަސައްކަތް ކުރައްވާ މަންޒަރު ފެންނަ ކަމަށާއި މިކަމަކީ އެންމެހާ ބޭފުޅުން ވެސް އުފާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

  1. މާނީ

    ފްލެޓް ތަކުގެ ކުލި ހެވެއް ނުވި.. ހުޅުމާލެ މެމްބަރަކީވެސް އެމްޑީޕީ މީހެއް…ރައީސްގެ ކޮއްކޮ ވީމަ ހުރިހާ ކަމެއް ވެސް ވާނެ ކަމަށް މި ތިބީ

  2. ކކކކކ

    މިހާރު އޮތް ބީޖޭޕީ ކައުންސިލް ކަމަކުނުދޭ؟

  3. މަސްވެރިއެއް

    ހޮޅި ވާހަކަ ނުދައްކާ! ވެރިކަމަށް 3 އަހަރު! މުޅި ދައުލަތުގައި އެމްޑީޕީގެ ދެފައި. ދިން ބޯހިޔާވަހިކަމެއް ނެތް. ބޯހިޔާވަހިކަމަށް ކުރިކަމެއް ނެތް. މިކުރަނީ، މިރާވަނީ، ވާކަމެއް ހަރާން. އަޅާފައިހުރި ފުލެޓްތަކުންވެސް ޖަރީމާ ހިންގީ.
    ފޮނި ހުވަފެން ދައްކާނެކަމެއްނެތް. އިނަފް އިޒް އިނަފް. މެކުނު ފުމުނަސް ގާހަކައަކަށް ނުފުމެވޭނެކަން ޔާމީން ވެރިކަމާއި މިބަލާވެރިކަން ފެނުނީމާ އެނގޭ.

  4. ފުރަތަމަ މި ކިޔަނީ ވެރިކަން ލިބުނީމަ މިވެނިކަމެއް އެވެނިކަމެއް ކޮށްދޭނަމޭ! ދެން ވެރިކަން ލިބުނީމަ މަޖިލީސް މެޖޯރިޓީ ލިބިގެން މިކަންކަން ކޮށްދެވޭނެ ކަމަށް ބުނެއެވެެ. ދެން މަޖިިލީސް ލިބުނީމަ ކައުންސިލް ލިބުނީމަ މިކަންކަން ކޮށްދެވޭނެ ކަމަށް ބުނަންވީ ހެއްޔެވެ؟

    ދެން ގެންނާނީ ކޮން ހުއްޖަތެއްބާ؟
    ޤައުމު ހިބަ އަށް ދީގެންވެސް މިވެރިން ވާ ވައުދެއް ފުއްދޭނެބާ؟
    ނުވަތަ ކައުންސިލު ކާމިޔާބު ވީމަ ބުނާނީ ވައުދު ފުއްދޭވަރަށް ތިމަންމެން އަތުގަ ފައިސާއެއް ނެތޭ އަދި ފައިސާ ދޭށޭބާ؟
    ބަލަ ޑިމޮކުރަސީ އަކީ ތިމާމެންގެ ޕާޓީ މީހުން ހުރިހާ ހިސާބެއްގައި ބާރު ހުރުންތޯ؟

  5. ޙޮން

  6. ފުލެޓް ކޮމެޓީ

    މިިބަލާވެރިކަމުން ސަލާމަތް ވުމަށް ހުރިހާމީހުން ވެސް ނިކުމެ ވޯޓުދިނުން މުހިއްމު!