ބަނގުރާފުޅިއަކާއެކު ހައްޔަރުކުރި ފުލުސް މީހާ ދޫކޮށްލައިފި

ބަނގުރާފުޅިއަކާއެކު ރޭ މާލެ އިން ހައްޔަރު ކުރި ފުލުސް މީހާ ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް "ދެން" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ބަނގުރާފުޅިއަކާއެކު ރޭ ހައްޔަރު ކުރި ފުލުސް މީހާ ކޯޓަށް ހާޒިރު ކުރުމުން، ދޫކޮށްލާފައިވާ ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި ބަނގުރާ ފުޅިއަކާއެކު ހައްޔަރު ކުރި މި ފުލުސް މީހާ ވަނީ ސަސްޕެންޑު ކޮށްފައެވެ. މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން ދީފައެއް ނުވެއެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލެ އިން މަސްތުވާތަކެތި އަތުލާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ފާއިތުވި ދެތިން މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން އަތުލައިގަތް ބަނގުރާފުޅީގެ އަދަދު 100 އަށްވުރެ ގިނަ އެވެ.
الحمد لله
الحمد لله