ޚަބަރު

އިތުރު 7 ދުވަހަށް ކެފޭތައް ބަންދުކުރަން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ ސަރަހައްދުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތް ރޭގަނޑު 8 އިން ފެށިގެން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި އެންގުން އިތުރު ހަތް ދުވަހަށް ދަންމާލައިފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް، މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓައިލުމަށް އަންގާފައިވާ އެންގުން ދަންމާލަން ނިންމާފައިވާ ކަމަށެވެ.

މި ބަދަލާއެކު ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކާއި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއް ގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެެވެ.

ރާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އަޅާފައެވެ.

އެގޮތުން ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 8:00 ގައި ބަންދު ކުރުމަށް އަންގާފައިވާއިރު، އެތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 10:30 ވަންދެނެވެ.

މީގެ އިތުރުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އާއި ހަމައަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް މަނާ ކޮށްފައި ވާއިރު، ރޭގަނޑު 11:00 އިން އަނެއް ދުވަހުގެ ފަތިހު 4:30 އާ ހަމައަށް މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ވެސް ވަނީ މަނާ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!