އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަންހެނަކަށް އަނިޔާވެއްޖެ

އައްޑޫ, ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ، މަރަދޫފޭދޫ ގައި ދިރިއުޅެމުން އަންނަ ހިތަދޫ މީހަކަށެވެ. އޭނާއަށް އަނިޔާވެފައި ވަނީ އޭނާގެ ދަރިފުޅު އައްޑު ހައި ސްކޫލަށް ލުމަށް ފަހު، އެނބުރި ދިޔަ މަގުމަތީގައި ކަމަށް ބެލެވެއެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ "އައްޑޫ ލައިވް" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ އަންހެން މީހާ މަގުމައްޗަށް ވެއްޓިފައި އޮތީ، އެއްޗެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ގޮތަށް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެސަރަހައްދުގައި އެވަގުތު އިތުރު އެއްޗެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
"އެކަމަކު އެ ސަރަހައްދުގައި އިތުރު އެއްޗެއް ފެންނާކަށް ނެތް، ހީ ނުވޭ ކަހާލައިގެން ވެއްޓިހެން އަނިޔާވެފައި ވަނީ" މަންޒަރު ދުށް މީހާ އާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.
އެކްސިޑެންޓުވީ މީހާއަށް މިހާރު އަންނަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.