އައްޑޫ އެކްސިޑެންޓްގަައި އަނިޔާވި އަންހެން މީހާ ނިޔާވެެއްޖެ

އައްޑޫ ލިންކު ރޯޑުން ހަންކެޑެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
އެ އަންހެން މީހާ ނިޔާވެފައި ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ، މަރަދޫފޭދޫ ގައި ދިރިއުޅެމުން އަންނަ ހިތަދޫ މީހަކަށެވެ. އޭނާއަށް އަނިޔާވެފައި ވަނީ އޭނާގެ ދަރިފުޅު އައްޑު ހައި ސްކޫލަށް ލުމަށް ފަހު، އެނބުރި ދިޔަ މަގުމަތީގައި ކަމަށް ބެލެވެއެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ "އައްޑޫ ލައިވް" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ އަންހެން މީހާ މަގުމައްޗަށް ވެއްޓިފައި އޮތީ، އެއްޗެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ގޮތަށް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެސަރަހައްދުގައި އެވަގުތު އިތުރު އެއްޗެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
"އެކަމަކު އެ ސަރަހައްދުގައި އިތުރު އެއްޗެއް ފެންނާކަށް ނެތް، ހީ ނުވޭ ކަހާލައިގެން ވެއްޓިހެން އަނިޔާވެފައި ވަނީ" މަންޒަރު ދުށް މީހާ އާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.