ޚަބަރު

ޅޮހިން އިތުރު ހަތަރު މީހަކު ފައްސި ވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ނ.ޅޮހިން އިތުރު ހަތަރު މީހަކު މިއަދު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ފައްސިވި މީހުންގެ ކޮންޓެކްޓުންގެ ސާމްޕަލްތައް ނަގައި ޓެސްޓު ކުރުމުގެ ތެރޭގައި އެރަށުން މިހާރު ޖުމްލަ 19 މީހަކު ފައްސި ވެފައިވާ ކަމަށެވެ.

ފައްސި ކޭސްތަކާ ގުޅިގެން ޅޮހި އޮތީ މޮނީޓަރިން ހާލަތުގައެވެ. މޮނީޓަރިންގެ ހާލަތަށް ގެނައުމުން މިވަގުތު އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުމަކީ މަނާ ކަމެކެވެ.

ކޮވިޑް-19 އަށް ރާއްޖެއިން އިއްޔެ ފައްސިވެފައި ވަނީ 186 މީހެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި އިއްގެ ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 151 މީހުން ފައްސިވީ މާލެ ސަރަހައްދުންނެވެ.

މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 22،147 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!