ވެކްސިން ޖަހައި 14 ދުވަސްވުމުން، ކަރަންޓީނުނުވެ ލަންކާއަށް ދެވޭ ގޮތަށް ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން ލަންކާއަށް މީހުން އެތެރެވުމަށް ގެންގުޅެމުން އައި އުސޫލުތަކަށް އެގައުމުން ބަދަލު ގެނެސްފިއެވެ.
އެގައުމުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައި ބުނާ ގޮތުގައި ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ވެފައިވާ މީހުން ލަންކާއަށް އެތެރެވާއިރު ކަރަންޓީނުވާން ނުޖެހޭނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކުުރާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރިކަން އަންގައިދޭ ވެކްސިން ކާޑެއް އިނގިރޭސި ބަހުން އޮތްނަމަ، ލަންކާ އަށް ފުރުމުގެ 24 ގަޑިއިރުގެ ތެރޭގައި ޕީ.ސީ.އާރު. ޓެސްޓެއް ފުރިހަމަކޮށް ނަތީޖާ ހުށަހަޅަން ޖެހޭނެއެވެ. އަދި މިގޮތަށް ލަންކާއަށް އެތެރެ ވާ މީހުން ޕީސީއާރުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި މަޑުކުރަން ޖެހޭނެއެވެ.
ވެކްސިން ފުރިހަމަނުކޮށް ލަންކާއަށް ދާ ފަރާތްތަކަށް ވެސް ވަނީ އައު އުސޫލެއް ކަނޑައަޅާފައެވެ. އެގޮތުން އެފަދަ މީހުން ލަންކާއަށް ދާ މީހުން ހޮޓަލެއްގައި 7 ދުވަހުގެ މުއްދަތަކަށް ހޮޓަލެއްގައި ނުވަތަ ފެސިލިޓީއެއްގައި ނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާންޖެހޭނެއެވެ. މި މީހުން ދޫކޮށްލާނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނައްސިވުމުންނެވެ.