ދުނިޔެ

ސައުދީ ފިރިހެނުން މީހުންނާ އިނުން މަނާ ގައުމުތައް ކަނޑައަޅައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބިދޭސީންނާ ކައިވެނި ކުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށް ބުނެ ސައުދީ އަރަބިއްޔާގެ ފިރިހެނުން މީހުންނާ އިނުން މަނާ ގައުމުތަކެއް ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

އެގޮތުން ރިޕޯޓުތައް ބުނާ ގޮތުގައި ޕާކިސްތާނާއި ބަންގަލަދޭޝް އާއި މިއަންމާގެ އިތުރުން ޗާޑްގެ އަންހެނުންނާ އިނުން ސައޫދީ ފިރިހެނުންނަށް ވަނީ މަނާ ކޮށްފައެވެ.

މި ހަތަރު ގައުމަކީ ސައުދީން އެންމެ ގިނަ މީހުން ކައިވެނި ކުރަމުން އަންނަ ގައުމުތައް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މި ހަތަރު ގައުމަށް ނިސްބަތްވާ 5،000،000 އަންހެނުން މިހާރު ވެސް ސައުދީ ފިރިހެނުންނާ ކައިވެނި ކޮށްގެން، ސައުދީގައި ދިރިއުޅެމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިދޭސީ އަންހެނުންނާ ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ވަނީ ހަރުކަށި އުސޫލެއް ކަނޑައަޅާފައެވެ. އެގޮތުން އެކަމަށް ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭއިރު، ކައިވެނި ރޫޅިފައި ތިބޭ މީހުންނަށް އެފަދަ ކައިވެނި ކުރެވޭނީ ވަކި މުއްދަތެއްގެ ފަހުންނެވެ.

ބިދޭސީ އަންހެނަކާ ކައިވެނި ކުރަން ބޭނުންވާ ނަމަ އެ މީހަކީ އުމުރުން 25 އަހަރުން މަތީގެ ފިރިހެނަކަށް ވާން ޖެހޭނެ އެވެ. އަދި ހުއްދައަށް އެދޭއިރު އަންހެނުންގެ ސިއްހީ ހާލަތު އަންގައިދޭ ރިޕޯޓެއް ހޮސްޕިޓަލަކުން ހޯދައި ހުށަހަޅަން ޖެހޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!