ދުނިޔެ

ދުނިޔެއަށް ނުރައްކާވާ ފަދަ ބޮޑު ގިނިހިލައެއް ދުނިޔެއާ ދިމާއަށް ދަތުރު ކުރަނީ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

2021 ވަނަ އަހަރުގެ މާރޗު މަހު، ދުނިޔެއަށް ނުރައްކާވާ ފަދަ ގޮތަކަށް ދުނިޔެއާ ދިމާއަށް ގިނިހިލައެއް ދަތުރު ކުރާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

Ads by WAMCO

މި ގިނިހިލައަށް ސައިންސްވެރިން ދީފައިވާ ނަމަކީ، 2001 FO32 އެވެ. މިފަދަ ގިނިހިލައަކީ ދުނިޔޭގެ ފަށަލައާ ގާތްގަނޑަކަށް 30 މިލިއަން މޭލު ދުރުގައި ދަތުރު ކުރާ ގަލެކެވެ. އެހެން ނަމަވެސް މިފަހަރު މި ގިނިހިލަ އާދަޔާ ޚިލާފަށް ދުނިޔެއާ ގާތްވަމުން އަންނަ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

އެގޮތުން މިފަދަ 25،000 ގިނިހިލަ ކައުނުގައި ވާއިރު، އޭގެ ތެރެއިން 2،100 ހިނިހިލައަކީ އާދަޔާ ޚިލާފަށް ނުރައްކާތެރި ގިނިހިލައެވެ. އަދި މިފަހަރު ދުނިޔެއާ އާދަޔާ ޚިލާފަށް ގާތްވަމުން އަންނަ އެ ގިނިހިލައަކީ އެފަދަ ނުރައްކާތެރި ގިނިހިލައެއް ކަމަށް ސައިންސްވެރިން ވަނީ ހާމަ ކޮށްފައެވެ.

މިއަހަރުގެ މާރޗު މަހު އެ ގިނިހިލަ ދުނިޔެއާ ވަރަށް ގާތުން ދަތުރު ކުރާނެ ކަމަށާއި، އެއީ ދުނިޔެއަށް ވަރަށް ނުރައްކާތެރި ގަލެއް ކަމަށް ސައިންސްވެރިން ފާހަގަ ކޮށްފައިވީ ނަމަވެސް ސީދާ ދަތުރު ކުރާނެ ވަކި ތާރީޚެއް ސައިންސްވެރިން ހާމަ ކޮށްފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!